ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤާސިމްގެ ތާއީދު މޫސާ ޖަލީލަށް، އެދިވަޑައިގަތީ އެމަނިކުފާނުގެ ސަޕޯޓަރުން ވެސް ވޯޓް ދެއްވުމަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މާލެސިޓީގެ މޭޔަރުކަމުގެ މަޤާމަށް ވާދަކުރައްވާ މޫސާ ޢަލީ ޖަލީލަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ރަސްމީކޮށް ތާއީދުކޮށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފިއެވެ.

މިއަދު ނެރުއްވި ބަޔާނެއްގައި ޤާސިމް އިބްރާހީމް ވިދާޅުވީ، މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ ޢަލީ ޖަލީލް އެންޑޯޒްކޮށް، އެމަނިކުފާނަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށެވެ.

މޫސާ ޢަލީ ޖަލީލަކީ ޤައުމީ ޚިދުމަތުގެ ފަޚުރުވެރި ރެކޯޑްތަކެއް އޮތް، ޤައުމުގެ ދިފާޢުގައި އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވާ ބަޠަލެއްކަން ޤާސިމް ފާހަގަކުރެއްވިއެވެ.

ޚާއްޞަގޮތެއްގައި، 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގައި ރާއްޖެއަށް ކުރިމަތިވި އުދުވާނީ ޙަމަލާއިން ޤައުމު ސަލާމަތްކުރުމަށް، އަމިއްލަ މޭ އައްޑަނައަކަށް ހައްދަވައިގެން ދުޝްމަނުންގެ ކުރިމައްޗަށް ނުކުންނެވި ނުކުންނެވުމަކީ އެމަނިކުފާނުގެ ގަދަފަދަ ޢަޒުމާއި އީމާންތެރިކަން ހާމަވާ ކަމެއްގެ ގޮތުގައި ޤާސިމް ސިފަކުރެއްވިއެވެ. މޫސާ ޢަލީ ޖަލީލަކީ ޤައުމީ ޝަރަފްގެ ޢިއްޒަތް، ނިޝާން ޢަސްކަރީގެ ޢިއްޒަތުގެ ވެރިއެއްކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޤާސިމް އިބްރާހީމް އިތުރަށް ވިދާޅުވީ، މޫސާ ޢަލީ ޖަލީލަކީ މިހާތަނަށް އަދާކުރެއްވި ކޮންމެ ވަޒީފާއެއްގައިވެސް ތެދުވެރިކަމާއެކު ޚިދުމަތް ކުރައްވާފައިވާ، ފަސްބައިގައި ކިލަނބުކަމެއް ނެތް ޝަޚްޞިއްޔަތެއް ކަމަށެވެ. އަދި އެމަނިކުފާނަކީ އެންމެންގެ ލޯބި ލިބިވަޑައިގެންފައިވާ، ޚުލްޤުހެޔޮ ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ.

”ރާއްޖޭގެ ވެރިކަންކުރާ ސަހަރު ހިންގެވުމުގެ އެންމެ އިސް މަޤާމަށް މޫސާ ޖަލީލަށްވުރެ ތަޖްރިބާކާރު، އަމާނާތްތެރި، ޤާބިލް، އަދި ކުފޫހަމަވާ އެހެން ކެންޑިޑޭޓަކު ނެތްކަން ޔަގީން،“ ޤާސިމް ވިދާޅުވިއެވެ.

މާލެ ސިޓީ ހިންގުމަށް މުރާލި އަދި ދުރުވިސްނޭ މާލިމީއަކަށް އުންމީދުކުރާ ހުރިހާ ރައްޔިތުންނާއި، ޤާސިމްގެ ބަސް ގަބޫލުކުރައްވާ އެންމެހާ އަޚުންނާއި އުޚްތުން، ކެންޑިޑޭޓް ނަންބަރު 4، މޫސާ ޢަލީ ޖަލީލަށް ވޯޓު ދެއްވުމަށް ޤާސިމް އިބްރާހީމް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: