ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޭޝަނަލް ހައުސިންގ އެފޯޑަބިލިޓީ ޕްރޮޖެކްޓު ފާސްވުމަކީ މި ގައުމަށް ސާފު މިސްރާބެއް ލިބުނު ކަމެއް: ޝަރީފް

ޝެއާރކޮށްލާ ކަހަލަދޯ؟

ނޭޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސިސިބިލިޓީ ޕްރޮޖެކްޓު ފާސްކުރެވިގެން ދިއުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން އެންމެ ބޮޑަށް ދިމާވެފައިވާ މި ގައުމަށް ސާފު މިސްރާބެއް ލިބިގެން ދިޔަ ކަމެއް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ވިލިމާލޭގައި 300 ހައުސިންގ ޔުނިޓު ގާއިމްކުރުމުގެ މަސައްކަތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވީ މި މަޝްރޫއުއަކީ ރައްޔިތުންނަށް ވެފައިވާ މުހިންމު ވައުދުގެ ބިންގާ އެޅުން ކަމަށާއި، މިއީ ރައްޔިތުންނަށް އިޖުތިމާއީ ތަރައްގީ އާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، އަގުހެޔޮ ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

”ބޯހިޔާވަހިކަން އެންމެނަށް“ ނަމުގައި މިދިޔަ އަހަރު މި ޕްރޮޖެކްޓު ފާސްކުރެވިގެން ދިއުމަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް އޮތް ދާއިމީ ހައްލެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ސަރުކާރުން ބިން ހަމަޖައްސައިދީފައިވަނީ ކުލި ނުނަގާ ގޮތަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. މިއީ ވަރަށް ހިކުމަތްތެރި ނިންމެވުމެއް ކަމަށާއި، މިކަމުގެ ސަބަބުން މަޝްރޫއުގެ ޖުމްލަ ހަރަދު ބޮޑުތަނުން ކުޑަވެ، އާއިލާތަކަށް ހަގީގީ މާނައިގައި އަގުހެޔޮ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްގެ ދައުރާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ”ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑަރީ ކުންފުނި ބީއެމްއެލް އެފޯޑަބަލް ހޯމް ލީޒިން މެދުވެރިކޮށް އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމް ތަންފީޒު ކުރުމަށް އަމަލީ ފިޔަވަޅު އެޅި މިކަމުގައި ބައިވެރިވި ފުރަތަމަ ބޭންކަށް އަޅުގަނޑުމެން ވީތީ މިކަމަށް އަޅުގަނޑުމެން ފަހުރުވެރިވަން“ ކަމަށެވެ.

މި މަސައްކަތުގެ ދަށުން މާލޭ ސަރަހައްދުގައި 3,260 ހައުސިންގ ޔުނިޓު އެޅުމަށް މިނިސްޓްރީއާއެކު ޕާޓްނާޝިޕެއް ގާއިމްކޮށްފައިވާކަން ފާހަގަކުރައްވައި، ޝަރީފް ވިދާޅުވީ މީގެ ތެރެއިން 1,200 ޔުނިޓުގެ މަސައްކަތް ޗައިނާގެ ސީއެމްއީސީން މިހާރު ފަށާފައިވާ ކަމަށެވެ. މި ހުރިހާ މަސައްކަތްތަކެއް 2028 ވަނަ އަހަރުގެ މެދުތެރެއަށް މުޅިން ނިންމާލެވޭނެ ކަމުގެ އުންމީދު ބޮޑުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: