ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރު ތެރޭގައި ނުކުޅެދުންތެރިކަން ހުރި އިތުރު 500 މީހަކަށް ވަޒީފާގެ ފުރުސަތު ހަމަޖައްސައިދެވޭނެ: އާއިޝަތު ޝިހާމް

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އައިޝަތު ޝިހާމް ވާހަކަދައްކަވަނީ: ފޮޓޯ: ސަރުކާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ނުކުޅެދުންތެރިކަން ހުންނަ އެންމެންނަށް ވަޒީފާ ފޯރުކޮށްދިނުމުގެ ގޮތުން އެމީހުންގެ ޤާބިލުކަން ހުރި މިންވަރު ވަޒަންކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.އާއިޝަތު ޝިހާމު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާއަށް ނެރުމާއި، ވަޒީފާގެ މާހައުލުގައި އެ މީހުންނަށް ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދައިދީ ޝާމިލު މުޖުތަމައެއް ބިނާކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދީގެން ކުރަމުންދާ މަސައްކަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިގޮތުން، ގޮތުގައި ސްކޫލު ދައުރު ނިންމުމަށްފަހު ވަޒީފާއަށް ދިއުމުގައި މިފަދަ ފަރާތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ހުރިހާ އެންމެންގެ ފަންކްޝަނަލް އެސެސްމެންޓެއް ހަދައި ވަޒީފާ އަދާކުރެވޭނެ މީހުންނާއި، އެމީހުންނަށް އަދާކުރެވޭނީ ކޮން ބާވަތެއްގެ ވަޒީފާއެއްކަން ދެނެގަތުމުގެ މަސައްކަތް މިހާރު ފުރިހަމަ ކުރެވިފައިވާކަމަށެވެ.

އަދި މިހާރު 350 އަށްވުރެ ގިނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ މިހާރު ހަމަޖެހިފައިވާކަމަށް މިނިސްޓާރ ވިދާޅުވިއެވެ. އަދި އިތުރު 500 ފަރާތްތަކަށް ވަޒީފާގެ ފުރުސަތު މި ސަރުކާރުން ހަމަޖައްސައިދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލަ ވިޔަފާރިތަކާއި ސަރުކާރު ކުންފުނިތަކުން ވަޒީފާ ލިބޭނެ ގޮތް ފަހިކުރުމުގެ އިތުރަށް ސިވިލް ސާވިސް ކޮމިޝަނުން އެ ކޮމިޝަނުގެ އުސޫލުތައް ބަދަލުކޮށް، ސިވިލް ސާވިސްގެ ތެރެއިންވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ލިބޭނެ ގޮތް ފަހިކޮށްދެވިފައިވާކަން މިނިސްޓަރގެ ވާހަކައިގައިވަނީ ފާހަގަކުރައްވާފައެވެ. އަދި ވަޒީފާގެ މާހައުލަށް މިފަރާތްތައް ނެރުމުގެ ކުރިން ހުރި ވަޒީފާއަށް ތައްޔާރުކުރުމުގެ ގޮތުން ޖޮބް ރެޑިނަސް ޕްރޮގުރާމެއް ކުރިއަށްގެންގޮސް މިހާތަނަށް ދެ ބެޗެއްގެ 22 ކުދިންނަށް އެ ހުނަރުތައް ފޯރުކޮށްދެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިހާރު އިތުރަށް ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަކީ މުޖުތަމައުއަށް ފައިދާހުރި އަދި އެފަރާތްތައް ބާރުވެރިކުރުވުމަށްޓަކައި އެމްޕަވާމެންޓު ހަބެއް ގާއިމުކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި އެ ހަބުގައި އެފަދަ ފަރާތްތަކަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދެވޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: