ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަންގުޓީވީގެ ”އެސްޕްރެސޯ ވިތް ރައީސް“ މާދަމާ ރޭ!

ސަންގުޓީވީގެ "އެކްސްޕްރެސޯ ވިތް ރައީސް"
ޝެއާރކޮށްލާ ކަހަލަދޯ؟

”އެސްޕްރެސޯ ވިތް ރައީސް“ ގެ ނަމުގައި ރައްޔިތުންގެ ރިފެރެންޑަމްއާއި ގުޅޭ ހާއްސަ އިވެންޓެއް ބޭއްވުމަށް ”ސަންގު“ ޓީވީން ތައްޔާރުވެއްޖެ އެވެ. މި އިވެންޓު ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ 08:30 ގަ އެވެ.

ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ މި އިވެންޓުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކޮށް ސުވާލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިގޮތުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ޒުވާނުން ބޭނުންވާ ސުވާލުތައް ކުރުމުގެ ފުރުސަތު މި އިވެންޓުގެ ތެރެއިން ހުޅުވާލެވޭނެއެވެ.

މި އިވެންޓުގެ މައިގަނޑު ބޭނުމަކީ ސިޔާސީ މަސްރަހާއި ގުޅޭގޮތުން ޒުވާނުން ދެކޭ ގޮތް ހިއްސާ ކުރުމާއި، އިންތިހާބުތަކަށް ގެނައުމަށް މަޝްވަރާކުރެވޭ ބަދަލުތަކާ މެދު ޒުވާނުން އެނގެން ބޭނުންވާ ކަންކަން އޮޅުންފިލުވައިދިނުމެވެ.

ސަންގު ޓީވީން ބުނި ގޮތުގައި، މި އިވެންޓުގެ އިތުރު ތަފްސީލާއި މައުލޫމާތުތައް އެ ސްޓޭޝަނުގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ހިއްސާ ކުރަމުން ދާނެ އެވެ. މިއީ ރާއްޖޭގެ އިންތިހާބީ ނިޒާމަށް ގެނައުމަށް ހުށަހަޅާފައިވާ ބަދަލުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ ސީދާ ސުވާލުކޮށް، މައުލޫމާތު ހޯދުމަށް ޒުވާނުންނަށް ލިބިގެންދާ މުހިންމު ފުރުސަތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: