ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެއަކީ ރާއްޖޭގެ ހިތް؛ މިތަނުން ހުރިހާ ހިދުމަތެއް ލިބެންޖެހޭ: އަލައިކާ

މާލޭގެ ޑަބްލިޔުޑީސީގެ ރާއީސް ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް އާޝިޔަތު އަލައިކާ އަދުނާން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއަކީ ރާއްޖޭގެ ހިތް ކަމަށާއި، މާލޭގައި ހުރި މައްސަލަތަކަށް ހައްލު ލިބި ހުރިހާ ހިދުމަތްތަކެއް އެންމެ ފުރިހަމައަށް ލިބެން ޖެހޭ ކަމަށް މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ ރައީސް ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް އާޝިޔަތު އަލައިކާ އަދުނާން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި އަލައިކާގެ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މާލޭގައި ދިރިއުޅެން ޖެހިފައިވާ ހާލަތާ ގުޅިގެން ރައްޔިތުންގެ ފަރާތުން އަބަދުވެސް ޝަކުވާތައް ލިބެމުންދާ ކަމަށެވެ. ވަކިން ހާއްސަކޮށް އާއިލާއަށް ވަގުތު ނުދެވުމާއި، ގުޅުން ބަދަހިކުރުމަށް ފަސޭހަ މާހައުލެއް ނެތުމުގެ އިތުރުން ކުޅިވަރު ކުޅުމަށް އެކަށީގެންވާ ވަސީލަތްތައް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.

އަލައިކާ ވިދާޅުވީ މާލޭގައި ހުރި މިފަދަ އިޖުތިމާއީ މައްސަލަތަކުގެ ތަކުލީފު އެންމެ ބޮޑަށް ތަހައްމަލު ކުރަނީ މައިންބަފައިން ކަމަށެވެ.

 ”މާލެއަކީ ރާއްޖޭގެ ހިތް، އެހެންކަމުން މާލެއިން ހުރިހާ ހިދުމަތެއްވެސް އެންމެ ރަނގަޅަށް ލިބެންޖެހޭ ކަމަށް ގަބޫޅު ކުރަން،“ އަލައިކާ ވިދާޅުވިއެވެ.

ކެމްޕެއިންގެ މައިގަނޑު ޝިއާރެއްގެ ގޮތުގައި ”ބަދަހި އާއިލާ“ ކަނޑައަޅާފައިވާކަން ހާމަކުރައްވަމުން އަލައިކާ ވިދާޅުވީ، ތަނެއް ތަރައްގީ ވުމަށްޓަކައި އެތަނެއްގައި ދިރިއުޅޭ އާއިލާތައް ތަރައްގީ ވާންޖެހޭ ކަމަށެވެ. އެގޮތުން އާއިލާތަކަށް ދިރިއުޅޭނެ ޖާގަ ފަހިކޮށްދިނުމާއި، އާއިލީ ވަގުތުތައް ހޭދަކުރުމަށް މައިޒާންތައް ތަރައްގީ ކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މީގެއިތުރުން، މާލޭގެ މޭޔަރާއި ސަރުކާރާ ގުޅިގެން އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އަލައިކާ ވިދާޅުވިއެވެ. އުމުރުން ދުވަސްވީ ފަރާތްތަކަށާއި ނުކުޅެއްދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ތަންތަން ގާއިމްކޮށް، އެފަރާތްތަކުގެ ހާލަތު ގާތުން ބެލޭނެ ނިޒާމެއް ގާއިމްކުރުމަކީ އޭނާގެ އަމާޒެކެވެ.

އަންހެނުން ބާރުވެރިކުރުވުމާއި ފުދުންތެރިކަން ނެތް ފަރާތްތަކަށް ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވަމުން އަލައިކާ ފާހަގަކުރެއްވީ، މިއީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ވައުދުފުޅެއްގެ ދަށުން ކުރެވޭނެ ކަންކަން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: