ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ވޯޓުން، މަޖިލިސް މެމްބަރުންނާއި ކައުންސިލަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގޭ ގޮތް ހަދަނީ!

ސަންގުޓީވީ - އެސްޕްރެސޯ ވިތް ރައީސް: ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ | ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލޭ ހާލަތުގައި، މަގާމުން ވަކި ކުރެވޭ ގޮތަށް ރީކޯލް ވޯޓެއް ނެގުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ ވޯޓާއި އެކު އިންތިހާބުވެގެން އަންނަ ބަޔަކު ގޯހެއް ހެދުމުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ލިިބިދޭ ގޮތަށް ”ރިކޯލް އެކްޓް“ ގެނައުމަށް އިސްލާހު ހުށަހަޅުއްވާނެކަމަށް ރައީސް ވަނީ މީގެ ކުރިން ވެސް ހާމަކުރައްވާފަ އެވެ.

ސަންގުޓީވީން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ ”އެސްޕްރެސޯ ވިތް ރައީސް“ ޕްރޮގްރާމްގައި ރައީސް މުއިއްޒު ވަނީ މަޖިލިސް އެކުލެވިގެންވާ ގޮތަށް ގެންނަ ބަދަލާއި، މަޖިލީހުގައި ޒުވާނުންގެ ދައުރު އިތުރު ކުރުމުގެ ގޮތުން ވަކި އިންސައްތައެއް ކަނޑައެޅުމަށް ގެންގުޅުއްވާ ވިސްނުމާއި ގުޅޭގޮތުން ތަފްސީލު ދެއްވާފަ އެވެ.

ޒުވާނުންނަށް ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މެމްބަރުންގެ މަސައްކަތާ މެދު ރައްޔިތުން ހިތްހަމަނުޖެހޭ ނުވަތަ އިތުބާރު ގެެއްލޭ ފަދަ ހާލަތަަކަށް ހިނގައްޖެ ނަމަ އިތުބާރު ނެތްކަމުގެ ވޯޓު ނެގޭ ގޮތަށް އިސްލާޙު ހުށަހަޅުއްވާނެ ކަމަށެވެ.

އެގޮތުން މަޖިލީހާއި، ކައުންސިލަރުންގެ ދައުރުގެ ތެރޭގައި ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ ނަމަ ރީކޯލް ވޯޓަކަށް ހުށަހެޅިދާނެކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، ގާނޫނުގައި ހިމަނާ އަދަދަކަށް ސޮއި ހަމަކޮށް ޕެޓިޝަން ހުށަހަޅައި، ރައްޔިތުންނަށް ފެންނަ ގޮތަށް ބަލައި އެ މެމްބަރަކު މަގާމުން ދުރު ކުރުވޭނެ ކަމަށެވެ.

މަޖިލިސް ނުވަތަ ކައުންސިލް މެމްބަރުންގެ ޕާފޯމަންސް ދަށްވީ، ނޫނީ ގާނޫނެއްގައި އޮންނާނެ ކަނޑައަޅާފައި… އެކަންކަން އެމީހުންގެ ކިބައިން ދިޔައީ، އެހާ ހިސާބުން ރައްޔިތުންނަށް ލިބޭނެ ކަނޑައެޅިފައިވާ އަދަދަކަށް ސޮއި ހަމަކޮށްގެން ޕެޓިޝަނެއް ހުށަހަޅައިގެން ވަކި އިންސައްތައެއްގެ ވޯޓު ހަމަ ކޮށްގެން މަގާމުން ދުރުކުރުވޭނެ..

ރައީސް ވިދާޅުވީ މީގެ ސަބަބުން ކައުންސިލާއި މަޖިލިސް ވެސް ކުރިއަށް ދާނީ ހަމަހަމަކަމާ އެކު ޖަވާބުދާރީކުރުވޭނެ އުސޫލަކުން ކަމަށެވެ.

ރައީސް ވިދާޅުވީ އިސްލާހު ހުށަހަޅާނެ ގޮތަކީ، ވޯޓުލުމުގެ ހައްގު އޮންނަ މީހުންގެ ދެބައިކުޅަ ވޯޓުން ވަކި ކުރެވޭ ގޮތަށްކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ އެންމެ އިންސާފުވެރި ގޮތަކީ ރައްޔިތުންނަށް ބާރުވެރިކަން ދިނުންކަމަށް ގަބޫލު ކުރާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: