ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އިންތިހާބު އެކުގައި ބޭއްވުމުން ”ސަރުކާރު ކެންޑިޑޭޓް“ ހޮވަައިދޭން ބުނެ ކެމްޕޭނެއް ދެން ނުކުރެވޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ| ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދެ އިންތިހާބު އެކުގައި ބޭއްވުމުން ”ސަރުކާރު ކެންޑިޑޭޓް“ ހޮވަައިދޭން އެދި ކެމްޕެއިން ކުރަން ދެން ނުދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީން ބޭއްވި ”އެސްޕްރެސޯ ވިތް ރައީސް“ގައި ރައީސް ވިދާޅުވީ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުން މިނިވަން ކަމާއިއެކު ނުފޫޒުން އެއްކިބާވެފައިވާ އިންތިހާބެއް ބޭއްވުމަށް މަގު ފަހި ކުރެވޭނެ ކަމަށެވެ. މެމްބަރުން ހޮވަން ގިނަ މީހުން ދިއުމަކީވެސް ޑޮމޮކްރަސީ އިތުރަށް ފައްކާވުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮންމެ ސަރުކާރެއްވެސް އަލަށް އެކުލަވާލުމަށްފަހު އެ ވޭތުވާ ފުރަތަމަ ހަ މަސްދުވަހު، ސަރުކާރު ލިމްބޯއެއްގައި އެ އޮންނަ އޮތުން، މިކަމުގެ ސަބަބުން ނިމުމަކަށް ގެނެވޭނޭކަމަށެވެ. އަދި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން، ވެރިކަންކުރާ ޕާޓީގެ ކެންޑިޑޭޓުންނަށް މަޖިލިސް އިންތިޚާބުގައި އެލިބޭ ފައިދާ ނުލިބި، މިހާރަށްވުރެ މިނިވަންކަމާއި އަދުލުވެރިކަމާއެކު ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުމުގެ ފުރުޞަތު އިތުރުވާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”މިގޮތަށް އިންތިޚާބު ބޭއްވުމުން، ވޯޓުލާ މީހުންގެ ޢަދަދު އިތުރުވެ، އިންތިޚާބުކުރެވޭ މަޤާމުތަކުގައި ތިބޭ މީހުން ޖަވާބުދާރީކުރާނޭ ފުރުޞަތުވެސް އިތުރުވާނެ“

ވޭތުވެދިޔަ ހުރިހާ މަޖިލިސް އަދި ރިޔާސީ އިންތިހާބެއްގެ ޓާންއައުޓަށް ބަލާއިރު މަޖިލިސް އިންތިހާބައު ވޯޓުލާން ނިކުންނަ އަދަދު ހުރީ މަދުވެފައި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބާއިއެކު މަޖިލިސްއިންތިހާބު ބާއްވާނަމަ ވޯޓުލާން ނިކުންނަ އަދަދު އިތުރުވެގެން ދާ ކަމަށެވެ. ރައީސް ވަނީ ދިޔަތަ އެކި އަހަރުތަކުގައ ވޯޓު ލާން ނިކުތް މީހުންގެ ތަފާސް ހިސާބުވެސް ހިއްސާކުރައްވާފައެވެ.

މީގެއިތުރަށް އެންމެ ރަނގަޅު ގޮތަކީ ގިނަ ބަޔަކު ނިކުމެގެން ވޯޓު ލުންތޯ ނުވަތަ މަދު ބަޔަކު ނިކުމެ ވެރިޔަކު ހޮވުންތޯ މިކަމާއި މެދު ރައީސް ވަނީ ސުވާލުވެސް އުފައްދަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: