ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ބާރުދުވެލީގައި: ކުރިއަށް އޮތް ތިން ހަފްތާ ތެރޭގައި ބޮޑު ބަދަލެއް ފެންނާނެ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ކުރިއަށްގެންދާ ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށާއި، މާލަސްތަކެއް ނުވެ އެ މަސައްކަތް ނިންމާލެވޭނެ ކަމަށް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ގިރާވަރުފަޅުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ، މި ސަރުކާރުން މަސައްކަތާ ހަވާލުވިއިރުވެސް އެ ސަރަހައްދު ހިއްކުމުގެ މަސައްކަތް އޮތީ ފަށާފައި ކަމަށެވެ. ނަމަވެސް އެތަނުގެ ފުންމިނުގައި ބައެއް ދިމާތަކުގައި 25 މީޓަރު ހުރުމުގެ ސަބަބުން މަސައްކަތުގައި ގޮންޖެހުންތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

”އެތަންތަނުގައި އަޅުގަނޑުމެން މިހާރު ގާތްގަނޑަކަށް 15 މީޓަރު އެ ހުރީ ހިއްކާފައި. ދެން ފެނުން މައްޗަށް އަރަން އޮންނާނީ 10 ވަރަކަށް މީޓަރު. ކުރިއަށް އޮތް ދެ ހަފްތާ، ތިން ހަފްތާ ތެރޭގައި ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ އަޅުގަނޑުމެން ބިން ވަރަށް ބާރަށް ހިއްކަމުން އަންނަ ތަން،“ ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވި ގޮތުގައި، ރާއްޖޭގައި އާންމުކޮށް ހިއްކަނީ ދެ މީޓަރު ނުވަތަ ތިން މީޓަރު ހުންނަ ފުން ތަންތަނެވެ. އެފަދަ ތަނެއްނަމަ މަސައްކަތް ނިންމާލެވޭތާ މިހާރު ދެ މަސް ދުވަސް ވެދާނެ ކަމަށާއި، ނަމަވެސް ގިރާވަރުފަޅުގެ ފުންމިނުގެ ސަބަބުން ދުނިޔޭގައި ފާހަގަކޮށްލެވޭ ބޮޑު ތިން ޑްރެޖަރު ބޭނުންކޮށްގެން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މި މަސައްކަތުގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ގޯތިތައް ވީހާވެސް އަވަހަށް ފޯރުކޮށްދިނުމެވެ.

މިހާތަނަށް ކުރެވުނު މަސައްކަތުން ގިރާވަރުފަޅުން 35 ހެކްޓަރުގެ ބިން މިހާރު ވަނީ ފެނުން މައްޗަށް އަރާފައެވެ. އަދި އެއަށްވުރެ ބޮޑު ސަރަހައްދެއް ހިއްކުމުގެ މަސައްކަތް މިހާރުވެސް މެދުނުކެނޑި ދަނީ ކުރިއަށެވެ. ގިރާވަރުފަޅުގެ އާ ލޭންޑް ޔޫސް ޕްލޭންގައިވާ ގޮތުން އެ ސަރަހައްދުން ޖުމްލަ 4,072 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މި ގޯތިތައް ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ބާއްވައި، ޕްލޮޓްތައް ކަނޑައަޅައި، ގުރުއަތުން ހޮވުނު ޕްލޮޓް ނަންބަރުތައް މިހާރު ވަނީ އެ ފަރާތްތަކާ ހަވާލުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މި މަޝްރޫޢަކީ މާލޭގެ ރައްޔިތުންނަށް އުއްމީދީ މަޝްރޫޢެކެވެ. ސަރުކާރުގެ އަމާޒަކީ މި މަސައްކަތް ވީހާވެސް އަވަހަށް ނިންމައި، ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: