ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިރާވަރުފަޅުގެ ބިންހިއްކުން ތިން ހަފްތާ ތެރޭގައި ނިންމައި، ގޯތިތައް ހަވާލުކުރަން ތައްޔާރުވަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް އޮތް ތިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށާއި، ބިން ހިއްކައި ނިމުމާއެކު އެންމެ ބޮޑު އިސްކަމެއް ދޭނީ ގޯތިތައް ކަނޑަޖަހައި ހަވާލުކުރުމަށް ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ގިރާވަރުފަޅުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، މި މަޝްރޫއުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ ޖުމްލަ 167.15 ހެކްޓަރުގެ ތެރެއިން މިހާތަނަށް 105 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ. މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގައި މިވަގުތު ދެ ޑްރެޖަރެއް ދަނީ ބޭނުންކުރަމުންނެވެ. އެއީ އެއްފަހަރާ 35,500 ކިއުބިކް މީޓަރު ހިއްކޭ ’ކުއީން އޮފް ނެދަލޭންޑްސް‘ އާއި 22,000 ކިއުބިކް މީޓަރު ހިއްކޭ ’އޮރެންޖް‘ ނަމަކަށް ކިޔާ ޑްރެޖަރެކެވެ.

ޑރ. މުއްތަލިބު ފާހަގަކުރެއްވި ގޮތުގައި، ކުރީ ސަރުކާރުން އިންތިޚާބާ ދިމާކޮށް މިތަނުން 5,000 އެއްހާ ގޯތި ދޫކޮށްފައި އޮތް ނަމަވެސް، އެކަށީގެންވާ ލޭންޑް ޔޫސް ޕްލޭނެއް އޮތީ ހެދިފައެއް ނޫނެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ގުޅީފަޅުން 1,100 އަށްވުރެ ގިނަ ގޯތި މިތަނަށް ބަދަލުކޮށް، އާބަން ސިޓީއެއްގެ ގޮތުގައި ތަރައްގީކުރެވޭނެ ފަދަ އާ ޕްލޭނެއް އެކުލަވާލާފައެވެ.

”އަޅުގަނޑުމެންގެ އުއްމީދަކީ ތިން ހަފްތާ ތެރޭގައި ބިންހިއްކައި ނިމުމުން، ސާވޭކޮށް ވީހާވެސް އަވަހަކަށް ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށުން. ބިން ހިއްކާ ނިމެންވާއިރަށް ރަޖިސްޓްރީގެ މަސައްކަތް ވެސް ވުޒާރާއިން ފަށާނެ،“ ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ބިން ހަވާލުކުރުމާ އެކުއެކީގައި ފެނާއި ނަރުދަމާ، ކަރަންޓު އަދި މަގު ހެދުމުގެ މަސައްކަތްތައް ވެސް ވީހާވެސް އަވަހަކަށް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. އާ ލޭންޑް ޔޫސް ޕްލޭންގެ ދަށުން ގިރާވަރުފަޅުން ޖުމްލަ 4,072 ގޯތި ދިނުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫއަކީ މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ވަޒީރު ވިދާޅުވި ގޮތުގައި، މިހާ ފުން ސަރަހައްދެއް ހިއްކައިގެން ބިން އުފައްދަނީ ރައްޔިތުންނަށް ވެފައިވާ ވައުދާ އެއްގޮތަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: