ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށީ ސިޓީގެ ރީޖަނަލް ހޮސްޕިޓަލްގެ އިމަޖެންސީ ރޫމާއި ޑައިލިސިސް ސެންޓަރު ހުޅުވައިފި

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅުދުއްފުށީ ސިޓީގެ ރީޖަނަލް ހޮސްޕިޓަލްގައި އަލަށް ތަރައްޤީކުރި އިމަޖެންސީ ރޫމާއި ޑައިލިސިސް ސެންޓަރު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. މި ދެ ވަސީލަތް ހުޅުވައިދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތަށްފަހު، މެޑަމް ސާޖިދާ ވަނީ އަލަށް ހުޅުވި އިމަޖެންސީ ރޫމާއި ޑައިލިސިސް ސެންޓަރުގެ ޚިދުމަތްތަކާއި ވަސީލަތްތައް ބައްލަވާލައްވާފައެވެ. މި މަޝްރޫޢަކީ އެ ސަރަހައްދުގެ ސިއްހީ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގައި އަލަށް ހުޅުވި އިމަރޖެންސީ ރޫމަކީ ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ތަނެކެވެ. މި ފެސިލިޓީގައި 6 އެނދު ހިމެނޭއިރު، ޕްރޮސީޖަރ ރޫމަކާއި ސްޓާފް ލައުންޖެއްވެސް ވަނީ ގާއިމްކޮށްފައެވެ. މިއީ ބަލިމީހުންނަށް ފަސޭހަކަމާއެކު އަވަސް ޚިދުމަތް ލިބޭނެހެން ފަރުމާކޮށްފައިވާ ތަނެކެވެ.

މީގެ ކުރިން އެ ހޮސްޕިޓަލުގައި އިމަރޖެންސީ ފަރުވާ ދެމުންދިޔައީ އިމާރާތުގެ އެތޭރޭގައި ހުންނަ ވޯޑެއްގައެވެ. ނަމަވެސް އައު އީއާރްގެ ޚިދުމަތާއެކު، ސީދާ އިމަރޖެންސީ ރޫމްގެ ދޮރާ ހަމައަށް އެމްބިއުލާންސް ކައިރި ކުރެވޭނެއެވެ. މީގެ ސަބަބުން ކުއްލި ހާލަތްތަކުގައި ބަލިމީހާއަށް ދެވޭ ފަރުވާ އަވަސްވެ، ޚިދުމަތް ދިނުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

މީގެ އިތުރުން، 2013 ވަނަ އަހަރު 4 އެނދާއެކު ފެށި ޑައިލިސިސްގެ ޚިދުމަތް މިހާރު ވަނީ 8 އެނދަށް އިތުރުކޮށް، ސެންޓަރު ފުޅާކޮށްފައެވެ. މި އައު ސެންޓަރާއެކު ހާއްސަ އައިސޮލޭޝަން އެނދަކާއި، އައިސީޔޫގައި ތިބޭ ބަލިމީހުންނަށްވެސް ޑައިލިސިސްގެ ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: