ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ އަމާޒަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގްގެ މައްސަލައަށް ހައްލެއް ހޯދަދިނުން: އަމީން

ފޮޓޯ: ސަރުކާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ އަމާޒަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށާއި، މިއަދު ބިންގާ އެޅުނު ޕާކިންގް ބިލްޑިންގުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ހުޅުމާލޭގައި އިމާރާތްކުރާ ޕާކިން ބިލްޑިންގުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފްވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ވަޒީރު އަމީން ވިދާޅުވީ، މިއަދު ބިންގާ އެޅުނު އިމާރާތުގެ އިތުރުން އިތުރު ހަ ޕާކިން ބިލްޑިންގުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ. މި މަޝްރޫޢުތަކަކީ މާލެ ސަރަހައްދުގެ ތޮއްޖެހުމަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.

ބެޗް ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މިއީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރާ ތަނެއް ކަމަށެވެ.

 ”މި އިމާރާތަކީ 24 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވިފައިވާ ޕްރޮޖެކްޓެއް. ބެޗް ކޮންސްޓްރަކްޝަނަކީ ޤާބިލް ކުންފުންޏެއް ކަމަށްވާތީ، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނިމޭނެ ކަމަށް އުއްމީދު ކުރަން،“ އަމީން ވިދާޅުވިއެވެ.

ހުޅުމާލޭގެ މާސްޓަރ ޕްލޭނާ އެއްގޮތަށް ޕްރައިވެޓް ސެކްޓަރ އިނީޝިއޭޓިވް ޕްރޮޖެކްޓްގެ ދަށުން ހުޅުމާލެ ފޭސް 1 ގައި 3 ޕާކިންގް ބިލްޑިންގް އަދި ފޭސް 2 ގައި 4 ޕާކިންގް ބިލްޑިންގް އެޅުމަށް ވަނީ ނިންމާފައެވެ. މި އިމާރާތްތައް ނިމުމުން އާންމު އުޅަނދުތަކާއި ޕްރައިވެޓް ވެހިކަލްތަކަށް ޕާކު ކުރާނެ ޖާގަ ލިބި، ވެހިކަލް ރެޖިސްޓްރީ ކުރުމަށް ދިމާވާ ގަރާޖު ސިޓީގެ މައްސަލައަށްވެސް ބޮޑު ލުޔެއް ލިބޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މި ޕާކިން ބިލްޑިންތަކުގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި އާންމު ޚިދުމަތްދޭ ފަރާތްތަކަށް ވަކި އިންސައްތައެއްގެ ޖާގަ ހާއްސަކުރެވިފައިވާނެއެވެ. ސަރުކާރުގެ މި ޕްލޭނާއެކު މާލެ ސަރަހައްދުގެ މަގުތަކަކީ އަމާން އަދި ހިނގާބިނގާވެ އުޅުމަށް ފަސޭހަ މަގުތަކަކަށް ވެގެންދާނެ ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: