ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނގުރާމައިގެ ސަބަބުން ޒަރޫރީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ބައެއް ގައުމުތަކާއެކު ރަސްމީ މަޝްވަރާ ކުރަނީ!

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި، ތެލާއި، ބޭސް ފަދަ ޒަރޫރީ ތަކެތި ފަސޭހަކަމާއެކު މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ބައެއް ގައުމުތަކާއެކު ރަސްމީ މަޝްވަރާތައް ފަށާފައިވާކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޚަލީލް މިކަން ހާމަކުރެއްވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ އަސަރުތައް ދެނެގަނެ ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުންނެވެ.

އެގޮތުން، މި އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުގެ މަތީ ފަންތީގެ ޓީމެއް ދާދި ފަހުން ސްރީލަންކާގެ ކޮލަމްބޯއަށް ދަތުރުކޮށް، ކަމާގުޅޭ ފަރާތްތަކާއެކު މުހިންމު މަޝްވަރާތަކެއް ބާއްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ޚަލީލް ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ. އަދި ވިދާޅުވި ގޮތުގައި އެންމެ އިސްކަންދޭންޖެހޭ ދާއިރާތަކަށް އިސްކަންދީގެން ޚަރަދުތައް މުރާޖައާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

ރާއްޖެއަށް ކާބޯތަކެއްޗާއި، ތެލާ، ބޭސް ފަދަ ޒަރޫރީ ހިދުމަތްތައް ފަސޭހަކަމާއެކު މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އިތުރު މަގުތައް ހޯދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ބައެއް ގައުމުތަކާއެކު ރަސްމީ މަޝްވަރާތައް މިހާރު ވަނީ ފެށިފަ. އެގޮތުން އަޅުގަނޑުމެންގެ ޓީމެއް ދާދި ފަހުން ކޮލަމްބޯއަށް ދަތުރުކޮށް ބައެއް މަޝްވަރާތައް ކޮށްފައިވާ ކަމަށްވެސް އަޅުގަނޑު މިފުރުސަތުގައި ފާހަގަ ކުރަން…. އަދި ހަމަ އެހެންމެ، އިގްތިސާދަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ޚަރަދު ކުޑަކުރުމުގެ ގޮތުން އިސްކަންދޭ ދާއިރާތައް މުހިންމުކަންދީގެން ހަރަދުތައް ރިވިއުކޮށް ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ސަރުކާރުން މިހާރުވަނީ އަޅަން ފަށާފަ… އެކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ދާދި ފަހުން ފިނޭންސް މިނިސްޓަރ ދެއްވި ނިއުސް ކޮންފަރެންސްގައި ވެސް އެކަން ވަނީ..

ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތަފްސީލުތައް ދާދި ފަހުން ފިނޭންސް މިނިސްޓަރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ހާމަކުރައްވާއިވާނެކަން ޚަލީލް ފާހަގަކުރެއްވި އެވެ. ޚަލީލް ވިދަޅުވީ ރައީސް މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ، ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތަކަށް ބުރޫނާރާނެހެން އިގްތިސާދީ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުން ކަމަށެވެ.

ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ސްޓޮކް އެއްވެސް ދަތިކަމެއް ނެތި ލިބެމުންދާނެކަމަށާއި، ތަކެތީގެ އަގު އުފުލިގެން ނުދާނެކަމަށް ރައީސް މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ، ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއި މެދުއިރުމަތީގެ ހަނގުރާމައިގެ ކުރިންވެސް ރާއްޖޭގައި އަސާސީ ކާބޯތަކެތި ހުރި މިންވަރަށް، މިހާރުވެސް އެއްވެސް ދަތިކަމެއް ނެތި ލިބެމުންދާކަމަށެވެ. އަދި ހަނޑޫ، ހަކުރު އަދި ފުށް ލިބުމުގައި ލަސްތަކެއް ނެތްކަމަށް ވިދާޅުވި އެވެ.

މި ތަކެތީގެ ސްޓޮކް އެއް މިންވަރެއްގައި ހިފެހެއްޓުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: