ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ”ސަރުކާރު ކެންޑިޑޭޓެއް“ ނުހުންނާނެ، ހަމަހަމަ ފުރުސަތު ކެމްޕެއިނަށް ލިބޭނެ: ޖާބިރު

ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން، ކެންޑިޑޭޓުން ނިކުމެ އެއީ ސަރުކާރުގެ ކެންޑިޑޭޓުކަމަށް ބުނެ ހަމަހަމަ ކެމްޕެއިން ކުރުމުގެ ފުރުސަތު ގެއްލުވާލުމަށް ޖާގައެއް ނޯންނެކަމަށް ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި ޑަބްލިއުޑީސީ އިންތިހާބާއި އެކު ބޮޑު ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ސިޔާސީ ގޮތުން ހިޔާލު ތަފާތުވެފައިވާ މިކަމުގައި ޖާބިރު ތާއީދު ކުރައްވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެންނަ ކަމަށެވެ.

”ސަންގުޓީވީ“ ގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ޖާބިރު ވިދާޅުވީ މީގެ ކުރިން ތާރީހުން އަބަދުވެސް ފެނިގެން ދިޔައީ އަލަށް އިންތިހާބުވާ ސަރުކާރުން މަޖިލީހަށް މެމްބަރުން ހޮވުމަށްޓަކައި ދައުލަތުގެ ވަސީލަތްތައް އިންތިހާއަށް ބޭނުން ކުރި މަންޒަރު ކަމަށެވެ. އަދި ކެމްޕެއިނުގައި ރައްޔިތުންނަށް ”ސަރުކާރު“ ކެންޑިޑޭޓެއް ދައްކައި، ޕްރޮޖެކްޓާއި މަޝްރޫއުތައް ހިންގާ ކަމަށެވެ.

ޤާނޫނުއަސާސީ އިސްލާހުކޮށް، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ގާތަށް ދިއުމަކީ ދިވެހި ސިޔާސީ ނިޒާމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާ ކުރިން، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ވާދަކުރެއްވި ދުވަސްވަރު ސަރުކާރުގެ ކެންޑިޑޭޓަކާ ވާދަކުރެއްވި ކަމަށެވެ. ސިޔާސީ ޕާޓީ ނެތި، އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި ނަމަވެސް، ސަރުކާރުގެ ކެންޑިޑޭޓަށް ދައުލަތުގެ ހުރިހާ ވަސީލަތްތަކާއި ރިސޯސްތައް ހިލޭ އޭރު ލިބި ކެމްޕެއިން ކުރަމުން ގެންދިޔަކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވިއްޖެ ނަމަ، ދެ ކެންޑިޑޭޓުން ވެސް ހަމަ ހަމަ ކެމްޕޭނެއް ކުރެވިގެންދާނެ ކަމަށެވެ. ރިޔާސީ ދައުރު ހަމަވާ ވަގުތަކީ، ރައްޔިތުންގެ މަޖިލީހުގެ ދައުރު ވެސް ހަމަވާ ވަގުތަށް ހެދިއްޖެ ނަމަ، ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވޭ ބޭފުޅަކު ހުންނަވާނީ ކެމްޕޭން ހިންގަވަމުންކަމަށާއި، ހަމަ އެ ވަގުތު ރައްޔިތުންގެ މަޖިލީހުގެ ދައުރު ވެސް ހަމަވާ ކަމަށް ޖާބިރު ފާހަގަ ކުރެއްވިއެވެ.

ޖާބިރު ވިދާޅުވި ގޮތުގައި، ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން ހޮވޭ ބޮޑު އަޣުލަބިއްޔަތެއް ރައްޔިތުންގެ މަަޖިލީހުގައި އޮތް ނަމަ، ހަގީގީ ބަހުސެއް ހިންގުމަށާއި ރައްޔިތުންގެ އަސްލު ތަމްސީލެއް ކުރުމަށް ހުރަސްތައް މަޖިލީހުގައި ކުރިމަތިވެ އެވެ.

ޖާބިރު ވިދާޅުވީ، ޤާނޫނުއަސާސީ އިސްލާހުކުރިތާ ދުވަސްތަކެއް ފަހުން ގިނަ ތަޖުރިބާތަކެއް ކުރެވި، ރައްޔިތުންގެ މަޖިލިސް ވެސް އެތައް ފަހަރަކު ހޮވިފައިވާ ކަމަށެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ސަރުކާރާ އެއްކޮޅު ކެންޑިޑޭޓުންނާއި ސަރުކާރާ ދެކޮޅު ކެންޑިޑޭޓުންގެ ކެމްޕޭން ހިންގުމުގައި ތަފާތު ބޮޑުކަމަށް ވިދާޅުވިއެވެ. ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ، ހަރަދު ކުޑަ ކުރެވި، ރައްޔިތުންނަށް ހަގީގީ ތަމްސީލެއް ލިބިދިނުމަށް ލިބިދޭ ރަނގަޅު ފުރުސަތެއްކަމަށް ޖާބިރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: