ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިޚާބުގައި ރައްޔިތުންގެ ބޮޑު ތާއީދެއް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ހޮނިހިރު ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ސަރުކާރު މައި ޕާޓީ ޕީއެންސީން ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ރާއްޖޭގެ ގިނަ ރަށްތަކަކުން ބޮޑު ތާއީދެއް ލިބި، ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސިލްސިލާ ގޮތެއްގައި ރައީސް ކުރިޔަށް ގެންދަވާ ޕްރެސް ކޮންފަރެންސްގައި އިންތިހާބަށް ސަރުކާރުން ގޮނޑި ލިބޭނެކަމަށް އަންދާޒާ ކުރާ އަދަދުތަކާއި ގުޅޭގޮތުން ”ސަންގު“ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ އެހެން ޕާޓީތަކެކޭވެސް އެއްފަދައިން ޕީއެންސީން ވެސް ދަނީ އިންތިޚާބުގެ ޕްރެޑިކްޝަންތައް ހަދަމުން ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ރައްޔިތުންނާ ބައްދަލުކޮށް، ފޯނުން ގުޅައި އަދި އެކި ގޮތްގޮތުން މައުލޫމާތު އެއްކޮށް، ރައްޔިތުންގެ ވިންދު ހުރިގޮތް ބަލަމުންދާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންކަމުން ރާއްޖޭގެ ގިނަ ރަށްތަކަކުން، އިންތިހާބުގައި ބޮޑު ތާއީދެއް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ރައީސް ވިދާޅުވި އެވެ. އަދި ސީދާ އިންސައްތައެއް ހާމަނުކުރެއްވި ނަމަވެސް، ޕީއެންސީގެ ކެންޑިޑޭޭޓުން ހިވުމުގައި ވަރަށް ރަނގަޅު ނަތީޖާއެއް ނިކުންނާނެކަމަށް ގަބޫލު ކުރައްވާކަމަށް ވިދާޅުވި އެވެ.

އަޅުގަނޑު ހިތުން އަޅުގަނޑުމެން އެކަންޏެއް ނޫން ހަމަ އެހެން ޕާޓީތަކުންވެސް ޕްރެޑިކްޝަން ހަދާނެ. ދެން އެއީ އަޅުގަނޑުމެން ކުރާ ގޮތަކީ ހަމަ ޑެއިލީ ބަލަން… ޑެއިލީ ބަލަން ހަމަ އެކި ގޮތްގޮތަށް ހަމަ އެހެން ޕާޓީތަކުންވެސް ކުރާ ގޮތަށް ހަމަ މީހުންނާ ބައްދަލުކޮށް ފޯނުކޮށް އެކި ގޮތްގޮތުން ބަލަން… ދެން އެ ޓްރެންޑެއް މިއޮންނަނީ ދެއްތޯ އެ ޓްރެންޑާ އެއްގޮތަށް އަޅުގަނޑުމެންގެ މަސައްކަތްތައްވެސް ބައްޓަން ކުރަމުން މިދަނީ. ދެން ސީދާ ޕަސެންޓެއް ނޫން އެހެންނަމަވެސް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ވަރަށް ޔަގީންކަން އެބައޮތް ރާއްޖޭގެ ގިނަ ރަށްތަކެއްގަ މިފަހަރުގެ އިންތިޚާބުގަ ރައްޔިތުންގެ ތާއީދު ދެއްވާނެކަމަށް… ދެން މިވެނި ރަށެއް މިއޮތީ ގޮތަކަށް މިވެނި ސިޓީއެއް މިވެނި ގޮތަކަށް ނިމޭނެ ކަމަށް ނޫނީ ވޯޓު ދެއްވާނެ ކަމަށް ޕްރެޑިކްޓް ކުރާކަށް އަޅުގަނޑު މިތާ ދަންނަވާކަށް ނެތިން… އެކަމަކު އިރާދަކުރެއްވިއްޔާ އަޅުގަނޑު ގަބޫލުކުރަނީ ހަމަ ވަރަށް ރަނގަޅަށް، މި ވާހަކައަކީ އަޅުގަނޑުމެންގެ ފަރާތުން ކުރިމަތިލައްވާފަ ތިއްބެވި ކެންޑިޑޭޓުން ހޮވުމުގަ ވަރަށް ރަނގަޅު ނަތީޖާއެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރަން…

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ހުށަހަޅަނީ ވަރަށް ޒިންމާދާރުކަމާއެކު އިހުލާސްތެރި، ހަލުވި މަސައްކަތްތަކެއް ކޮށްދިނުމުގެ ހުށަހެޅުމެއް ކަމަށެވެ. އަދި ޕީއެންސީގެ ޓިކެޓުގައި ކައުންސިލްތަކަށާއި، މޭޔަރުކަމަށް އަދި ރަށު ކައުންސިލްތަކުގެ ރައީސްކަމަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަކީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި 100 އިންސައްތަ އެއްބާރުލުން ދޭނެ ބޭފުޅުންކަމުގެ ޔަގީންކަން ދެއްވިއެވެ.

ރައީސް ވިދާޅުވީ އެއީ ރައްޔިތުންގެ ފަޅިގައި ތިބެ، ރައްޔިތުންނަށްޓަކައި މަސައްކަތް ކުރާނެ ބައެއް ކަމަށެވެ. އަދި އަބަދުވެސް ރަށް އިސްކޮށް، ރައްޔިތުންގެ ހައްގުގައި ހުރިހާ މަސައްކަތެއް ކުރާނެކަމަށް ވިދާޅުވި އެވެ.

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ބާރުސްޕީޑުގައި ކުރިއަށް ގެންދިއުމަށް ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުން މުހިންމުކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: