ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޢާލިއާ ބަޓްގެ ފޭނުންނަށް އުފާވެރި ޚަބަރެއް ލިބިއްޖެއެވެ. ރިޕޯޓްތައް ބުނާގޮތުގައި ޢާލިއާގެ ކުރިއަށް އޮތް ފިލްމުގައި އޭނާގެ އަޑުން ކިޔާފައިވާ ފުރިހަމަ ލަވައެއް އިވިގެންދާނެއެވެ.
މީގެ ކުރިން ބައެއް ފިލްމުތަކުގެ ބެކްގްރައުންޑް ޓްރެކްތަކުގައާއި، ލަވަތަކުގެ ކުރު ބައިތަކުގައި ޢާލިއާގެ އަޑު އިވިފައިވީ ނަމަވެސް، މިއީ އޭނާ ޕްރޮފެޝަނަލްކޮށް ލަވަކިޔުމުގެ ދާއިރާއަށް ރަސްމީކޮށް ވަންނަ ފުރަތަމަ ފަހަރު ކަމަށް ބެލެވެއެވެ. ޢާލިއާގެ މި އާ ހުނަރާ ގުޅޭގޮތުން ފިލްމުގެ މިއުޒިކް ޓީމުން ވަނީ އޭނާއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.
އާލިއާ ބަޓް ވަނީ ހައިވޭ ފިލްމުގައި ”ސޫހާ ސާހާ“ ލަވައަށް ޕްލޭބެކް ސިންގިން ޕާފޯމްކޮށްފައެވެ. މި ލަވައިގެ ކޮމްޕޯސަރ އޭ.އާރް ރަޙްމާން އާލިއާއަށް ވަނީ އޭނާގެ މިއުޒިކް ސްކޫލަށްގޮސް ތަމްރީނު ހޯދުމަށް ދައުވަތުދީފައެވެ. ހަމަ އެ އަހަރު، ”ސަމްޖަވާން“ ލަވައިގެ އެކޯސްޓިކް ވާޝަން، އާލިއާ ކިޔާފަވެއެވެ. އުދުތާ ޕަންޖާބްގެ ސައުންޑްޓްރެކް އަށް، އޭނާގެ ކޯ ސްޓާ ދިލްޖިތު ޑޮސަންޖް އާއި އެކު، ”އިއްކް ކުދީ“ ލަވައިގެ އެލްޓަނޭޓިވް ވާޝަނެއްވެސް ކިޔައިދިނެވެ.
މިއުޒިކް ޓީމުން ބުނިގޮތުގައި ޢާލިއާގެ އަޑުގައި ހުރި ޖަޒުބާތީ ތަފާތުކަމުގެ ސަބަބުން، މި ލަވައަށް އިތުރު ފުރިހަމަކަމެއް ލިބިގެން ގޮސްފައިވެއެވެ. އަދި މި ލަވަޔަކީ ފިލްމުގެ ވާހަކައާ ވަރަށް ބޮޑަށް ގުޅިފައިވާ، އަސަރުގަދަ ލަވައެއް ކަމަށްވެސް އެ ޓީމުން މައުލޫމާތު ދެއެވެ. އެހެންނަމަވެސް އާލިއާގެ ކުރިއަށްއޮތް ފިލްމުގައި އިވިގެންދާނީ އޭނާގެ ފުރިހަމަ ލަވައެކެވެ. އަދި މިއީ ޢާލިއާ ފިލްމެއްގެ ސައުންޑްޓްރެކްގައި ފުރިހަމަ ލަވައެއް ކިޔައިދޭނެ ފުރަތަމަ ފަހަރެވެ.
މިއީ މިއަހަރުގެ ތެރޭގައި ބޮލީވުޑްގެ މިއުޒިކް ދާއިރާގައި އެންމެ ގިނަ ބަޔަކު ދައްކާނެ އެއް ވާހަކައަށް ވެގެންދާނެއެވެ. ޢާލިއާގެ ފޭނުން މިހާރުވެސް ތިބީ އޭނާގެ އަޑުން މި ލަވަ އަޑުއަހާލުމަށް ކެތްމަދުވެފައެވެ. މި ލަވައާއެކު ޢާލިއާގެ އެކްޓިންގެ އިތުރުން، އޭނާގެ ލަވަކިޔުމުގެ ހުނަރުވެސް ދުނިޔެއަށް ހާމަވެގެންދާނެއެވެ.
އާލިއާއަކީ ބުލީވުޑްގައި އެންމެ ބޮޑު މުސާރައެއް ލިބޭ އެއް ބަތަލާއެވެ. 2024 ވަނަ އަހަރު ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި އާލިއާ ހިމެނިފައިވާކަން ފާހަގަކުރެވެއެވެ.

