ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާފެއް ނުކުރަން، މުވައްޒަފުން ނަގަނީ ކުރީގައި އިއުލާނުކޮށްފައި މަޝްރޫއުތައް ހިންގުމަށް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޓަރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ފަދަ ކުންފުނިތަކަށް މުވައްޒަފުން ނަގަނީ، މީގެ ކުރީގައި އިއުލާނު ކުރެވިފައިވާ މަޝްރޫއުތައް ހިންގުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ހާއްސަކޮށް އެމްޓީސީސީއަށް މި ދުވަސްވަރު ގިނަ އަދަދަކަށް މުވައްޒަފުން ނަގަމުންދާކަމަށް ބުނެ އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ވިދާޅުވީ އެމްޓީސީސީއާ ހަވާލުކުރެވިފައިވާ މަޝްރޫއުތަކުގެ ތެރެއިން ގިނަ މަޝްރޫއުތަކަކީ މި ސަރުކާރު އައި އިރުވެސް ހުއްޓިފައި ހުރި ނޫނީ ނުފެށި ހުރި މަސައްކަތްތަކެއް ކަމަށެވެ.

ރައީސް ވިދާޅުވީ ދާދިފަހުން އެމަނިކުފާނު ރާއްޖޭގެ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅުތަކަކީ އިންތިހާބަށް އަމާޒުކޮށްގެން ކުރެއްވި ދަތުރުފުޅުތަކެއް ނޫން ކަމަށެވެ. އަދި މި ދަތުރުފުޅުތަކުގައި ކައުންސިލްތަކާއި މުއައްސަސާތަކާ ބައްދަލުކޮށް، ރައްޔިތުންގެ ޝަކުވާތައް ސިސްޓަމެޓިކްކޮށް އޮޅުންފިލުވައި، ހުއްޓިފައި ހުރި މަޝްރޫއުތައް ތަރުތީބުކޮށް ފަށާފައިވާނެކަމަށް ވިދާޅުވިއެވެ. މި މަސައްކަތްތަކުގެ ޕްރޮގްރެސް ރައީސް އޮފީހުން ކޮންމެ ދުވަހަކުވެސް ބަލަމުންދާކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

މުވައްޒަފުން ނަގާ ސަބަބާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ތަފާތު މަރުހަލާތަކުގައި 200 އަށްވުރެ ގިނަ މަޝްރޫއު ހިނގަމުންދާ ކަމަށެވެ. އެމްޓީސީސީ ފަދަ ކުންފުނިތަކުން މުވައްޒަފުން ނަގަނީ އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާތީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަޝްރޫއުތަކުގެ ތަފްސީލަށް ބަލާލުމުން، ވެސް ތާރީހުތައް ސާފުވާނެ ކަމަށެވެ. އެކި މަރުހަލާތަކުގައި މަޝްރޫއުތައް ހުރުމުން، އެފަދަ މަސައްކަތްތަކަށް މުވައްޒަފުން ނަގަމުން ދިއުން އެއީ އިންތިހާބީ ބޭނުމެއްގައި ދޭ ވަޒީފާތަކެއްކަމަށް ބެލެވުނު ނަމަވެސް އެއީ ކަން އޮތް ގޮތެއް ނޫންކަމަށް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

އެހެންވީމަ، އިންތިހާބާ ދިމާކޮށްފަ ކުއްލިއަކަށް ގޮސް މި ކަޑަޖަހައިގެން ކަހަލަ ކަމެއް ނޫން މީ… މި ބޭރުތެރެއިން ބަލާލާއިރުގަ، މިހެން ބޭރުފުށުން ބަލާއިރު ތި ވިދާޅުވި ކަހަލަ ގޮތަކަށް ސިމިލަރިޓީޒްތަކެއް ހުއްޓަސް، ޑީޓެއިލްކޮށް ބައްލަވާލައްވައިފި ނަމަ ފެނިވަޑައިގަންނަވާނެ މީ ކޮންމެ މަޝްރޫއެއްވެސް… މީ ކޮން އިރަކު ކިހިނެއް ފެށިފަ އޮތް މަޝްރޫއެއްތޯ… މި މަޝްރޫއު މި މުވައްޒަފުން، މަޝްރޫއުތަކަށް ނަގާ މުވައްޒަފުން އެ ނަގަނީ މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް ފީލްޑްތަކުގަ ނޫން ނަމަވެސް، 200 – 300 އަށް ވުރެ ގިނަ މަޝްރޫއު އެބަ ހިނގާ އެކި މަރުހަލާގަ… އެހެންވީމަ، އެ މަޝްރޫއުތަކަށް ބޭނުންވާ މުވައްޒަފުން ނަގާނީ.

މިސާލެއްގެ ގޮތުން ޓެކްސީ ލައިންގެ މަސައްކަތް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެއީ ވަރަށް ކުރިން އިއުލާންކޮށް، ގިނަ ޕްރޮސެސްތަކެއްގެ ތެރެއިން ކުރިއަށްދާ ޕްރޮޖެޖްޓެއް ކަމަށެވެ. ޓެކްސީ ލައިން ފެށުން ލަސްވީ ރާއްޖެއަށް ޓެކްސީތައް ގެނައުމުގައި ޝިޕިންގް ޑިލޭތަކެއް ކުރިމަތިވުމުންކަމަށާއި، ގާތްގަނޑަކަށް ތިން ހަފްތާ ވަންދެން ރާއްޖެއާ ކައިރި ޕޯޓެއްގައި އެ ތަކެތި މަޑުޖެހިފައި އޮތްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އެއްވެސް މަސައްކަތެއް އެއީ އިންތިޚާބާ ދިމާކޮށް ކުއްލިއަކަށް ”ކަޑަޖަހާ“ އުސޫލުން ސަރުކާރުން އިއުލާނު ކުރި ކަންކަމެއް ނޫންކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: