ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ސަރަހައްދުން ގޯތި ލިބުން މީހުނަށް ޝަރުތުތަކާއިއެކު ހައުސިންގ ޔުނިޓަށް އެދުމުގު ފުރުސަތު ހުޅުވާލަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ | ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން މާލޭ ސަރަހައްދުން ގޯތި ލިބިފައިވާ ފަރާތްތަކަށް ޝަރުތުތަކަކާއެކު ހައުސިންގ ޔުނިޓަށް އެދުމުގެ ފުރުސަތު ކުރިއަށް އޮތް ދެ ހަފުތާތެރޭގައި ހުޅުވާލަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުގެ ބިންވެރިޔާ މަޝްރޫއުން މާލޭ ސަރަހައްދުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި ގޯތީގައި ގެދޮރު އިމާރާތްކުރާނޭ ތަނަވަސްކަން ނެތް ފަރާތްތައް ތިބި ކަމަށެވެ. އެފަދަ ފަރާތްތަކަށް ހައުސިންގ ޔުނިޓު ލިބިއްޖެނަމަ ލިބިފައިވާ ގޯތި ދޫކޮށްލާ ގޮތަށް މިހާރު ހުޅުވާލާފައިވާ ސްކީމަށް ކުރިމަތިލުމުގެ ފުރުޞަތު ލިބޭނޭކަމަށެވެ.

އެގޮތަށް ދޫކޮށްލާ ގޯތިތައް ކުރީގެ ސްކީމުން ދެން އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތަކަށް ދޭގޮތަށް ނުވަތަ އާ ސްކީމެއް މެދުވެރިކޮށްގެންނަމަވެސް އަދުލުވެރި ގޮތަކަށް އަލުން ދޫކުރެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހުޅުމާލޭގައި ގޯތި ދޫކޮށްފައިވާ ސަރަޙައްދުތަކުގެ މަގުހެދުމާއި އެސަރަޙައްދުތަކަށް ފެނާއި ނަރުދަމާ އާއި ކަރަންޓުގެ ހިދުމަތްދިނުމުގެ މަސައްކަތް އެޗްޑީސީގެ ފަރާތުން ވަރަށްބޮޑު އިސްކަމެއްދީގެން ކުރަމުންދާކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

”ރާއްޖޭގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ހިނގަމުންދާ ދައުރުގެ ތެރޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މެދުވެރިކޮށް އެތައް ހާސް ރައްޔިތުންނަށް އެ ދައުރުގެ ތެރޭގައި ފްލެޓް ލިބި ހިކިފަސްތާކުން ގޯތިލިބޭނެ“

ރައީސް ވިދާޅުވީ ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫއަކީ 2028 ގެ ޖުލައި މަހާ ހަމައަށް ނިންމޭނޭ މަޝްރޫއެއްކަމަށެވެ. އަދި އެ މަޝްރޫއުގެ ހުރިހާ ހައުސިންގ ޔުނިޓުތަކުގައި އެހާތަނަށް މީހުން ދިރިއުޅޭނޭކަމަށް ވިދާޅުވިއެވެ.

މިހާރު ހުޅުވާލާފައިވާ އަށްހާހެއްހާ ފްލެޓްގެ ސްކީމަކީވެސް މި ދައުރުގެ ތެރޭ ނިންމުމަށް ގަސްދުކުރައްވާފައިވާ ސްކީމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބޭރުގެ އެހީގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަދާހަމަވެސް ގާތުން ބައްލަވަމުންގެންދަވާކަމަށާއި އަތޮޅު ތެރޭގައި ހިންގާ މަޝްރޫއުތައްވެސް ދައުރުގެތެރޭގައި ނިންމޭނޭކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: