ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހަކު ބޭއްވުމަކީ ޤާނޫނުއަސާސީ އިޞްލާޙުކޮށްގެން ކުރެވިދާނެކަމެއް: ޖާބިރު

ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ކުރީގެ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރު ޢަބްދުﷲ ޖާބިރު މުހިންމު ވާހަކަތަކެއް ދައްކަވައިފިއެވެ.

ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ޖާބިރު ވިދާޅުވީ، ރައްޔިތުންގެ ހާއްސަ މަޖިލީހުން އައު ޤާނޫނުއަސާސީ އެކުލަވައިލުމުގެ މަސައްކަތް ކުރިއަށް ދިޔައިރު، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން އޭރުގެ މެންބަރު ވަޙީދު ވާހަކަ ދެއްކެވި ކަމަށް ހަނދުމަފުޅުވާ ކަމަށެވެ. ނަމަވެސް އޭރުގެ ޙާލަތު އޮތްގޮތުންނާއި، ޚާއްޞަ މަޖިލީހުން ކުރަންޖެހޭ މަސައްކަތްތައް ވަކި މުއްދަތަކަށް ނިންމަން ޖެހިފައި އޮތުމުން، އެންމެ އިސްކަންދޭ ކަންތައްތަކަށް އޭރު އިސްކަންދެވުނީ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އޭރު ޤާނޫނުއަސާސީ ޑްރާފްޓްކުރި ކޮމިޓީގައި އަޅުގަނޑުވެސް އިންނެވިން. އިބްރާހިމް އިސްމާއީލާއި ޤާސިމް އިބްރާހިމް ފަދަ ބޭފުޅުންގެ ބޮޑު މަސައްކަތްޕުޅަކާއެކު 24/7 އަށް މަސައްކަތްކޮށްގެން އެކަން ނިންމީ. އޭރު ވަކި ޓާގެޓެއް އޮތީމަ ހުރިހާ ކަމެއް ޤާނޫނުއަސާސީގައި ނުހިމެނުނު ނަމަވެސް، މިހާރުގެ ޤާނޫނުއަސާސީން ވަނީ އެ ފުރުޞަތު ހުޅުވާލާފައި

ޖާބިރު އިތުރަށް ވިދާޅުވި ގޮތުގައި، ކުރީގެ ޤާނޫނުއަސާސީއާ ޚިލާފަށް މިހާރުގެ ޤާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށް ދީފައެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ރައްޔިތުންގެ ގާތަށް އެ ވަޑައިގަންނަވަނީ އެ މަގުން ކަންކަން ނިންމެވުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

ދެ އިންތިޚާބު އެއްދުވަހަކު ބޭއްވުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ދެ އިންތިޚާބު އެއްދުވަހަކު ބޭއްވި ނަމަވެސް އެއީ ތަފާތު ދެ ނަމެއްގައި ބޭއްވޭ ދެ އިންތިޚާބު ކަމަށެވެ. އަދި އެ ދެ އިންތިޚާބަކީ ”ތެލާއި ފެނާ“ އެއްނުވާ ފަދައިން، އެކަތިގަނޑަކަށް ހެދޭނެ އެއްޗެއް ނޫން ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: