ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒުގެ ޒައާމަތުގައި ދަތި ހާލުގައި އުޅޭ އާއިލާތަކަކީ ބާކީވެފައިވާ ފަރާތްތަކަކަށް ނުވާނެ: މުއްޠަލިބް

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް .
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ދަތި ހާލުގައި އުޅޭ އާއިލާތަކަކީ ބާކީވެފައިވާ ފަރާތްތަކަކަށް ނުވާނެ ކަމަށް ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ބެންކް އޮފް މޯލްޑިވްސްގެ އެފޯޑަބަލް ހައުސިންގ މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރުގެ ވާހަކަފުޅުގައި، އެންމެ ނިކަމެތި ފަރާތްތަކަކީ އެންމެ ބާކީވެފައިވާ ފަރާތްތައް ކަމަށް ގަބޫލުކުރުމަކީ މި ސަރުކާރުން ބޭނުންވާ ގޮތް ނޫން ކަމަށް ވިދާޅުވިއެވެ. އަދި މާލޭގައި ދިރިއުޅޭ ގިނަ އާއިލާތަކެއްގެ ހަގީގަތަކީ ރައްކާތެރި، އާއިލާއާއެކު ހަމަޖެހިލައިގެން އުޅެވޭނެ ބޯހިޔާވަހިކަމެއް ނެތުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މާލޭގެ ދިރިއުޅުމުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ދެމަފިރިން އެމީހުންގެ ދަރިންނާއެކު އެއްކޮޓަރީގައި ނިދާ ކައިބޮއި ހަދަން ޖެހުމާއި، ރަނގަޅަށް ވައި ދައުރު ނުވާ، ފެން ލީކުވާ ފަދަ ތަންތަނުގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އުޅެންޖެހުމަކީ ނުހަނު ހިތްދަތި ކަމެއް ކަމަށެވެ. އެތައް ސަތޭކަ އާއިލާއަކުން މި ހިތްދަތިކަން ތަހައްމަލް ކުރަމުންދަނީ އެހީތެރިކަމެއް ލިބޭނެ ކަމުގެ އުންމީދެއް ނެތި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

”2012 ވަނަ އަހަރު ހައުސިން މިނިސްޓަރު ކަމާއި ހަވާލުވެވަޑައިގެން ފަހުން މާލޭގެ އެތައް ގެއަކަށް އެމަނިކްފާނު އަމިއްލައަށް ވަނީ ޒިޔާރަތް ކުރައްވާފަ. ނިކަމެތި ހާލުގައި އުޅޭ މަންމައިންގެ އަޑު އަދި އެމީހުންގެ ދަރިން ބޮޑެތިކުރުމުގައި ޖާގައިގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ހުރި ދަތިތަކުގެ ވާހަކަ ވަނީ އައްސަވާފަ،“ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ހަނި ގޯޅިތަކުގައި އިރުގެ އަލިކަމެއް ނެތި، ސާފު ވައި ނުލިބޭ ފަދަ ތަންތަނުގައި ނިކަމެތި އާއިލާތަކުން އުޅެމުންދާ މަންޒަރު ރައީސް މުއިއްޒަށް ފެނިވަޑައިގެންފައިވާ ކަމަށެވެ. އެހެންކަމުން، ރައީސްގެ ޒައާމަތުގައި މިފަދަ އާއިލާތަކަކީ އުންމީދެއް ނެތް، އަޅާލުމެއް ނެތް، ބާކީވެފައިވާ ބަޔަކަށް ނުވާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: