ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ކޯޓާ އިންޑިއާއިން ބޮޑުތަނުން އިތުރުކޮށްދީފި

ފޮޓޯ: ޕީ. އެސް. އެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ސަރުކާރުގެ ޚާއްޞަ އެދިވަޑައިގަތުމަކަށް، މިއަހަރުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ އަސާސީ ކާބޯތަކެއްޗާއި އިމާރާތްކުރުމަށް ބޭނުންވާ ސާމާނުގެ ކޯޓާ ކުރިއަށްވުރެ ބޮޑުތަނުން އިތުރުކޮށްދިނުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މި ނިންމުމަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖެއިން އެދުނު މިންވަރަށް އެއްވެސް އުނިކަމެއް ނުގެނެސް ހުރިހާ ބާވަތެއް ވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކޯޓާ އިތުރުކޮށްދިން ބާވަތްތަކުގެ ތެރޭގައި ހަނޑޫ، ހަކުރު، ފުށް، މުގު، ފިޔާ، އަލުވި އަދި ބިހުގެ އިތުރުން، ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް މުހިންމު ބާވަތްތައް ކަމަށްވާ ހިލަ އާއި ހިލަވެލި ހިމެނޭކަމަށް އެ ކޮމިޝަނުން މަޢުލޫމާތުދެއެވެ.

މިއީ 1981 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ވެވިފައިވާ ޚާއްޞަ ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، މިހާތަނަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް މުދާ ފޯރުކޮށްދިނުމަށް އިންޑިއާއިން ހުއްދަދިން ފަހަރުކަން ފާހަގަކޮށްލެވެއެވެ. މި ނިންމުމާއެކު ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެއެވެ.

މީގެ އިތުރުން، އެހެން ގައުމުތަކަށް އެކްސްޕޯޓުކުރުން އިންޑިއާއިން މަނާކުރާ ޙާލަތްތަކުގައި ވެސް ރާއްޖެއަށް ބޭނުންވާ އަސާސީ ތަކެތި މެދުކެނޑުމެއްނެތި ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ހައިކޮމިޝަނުން ވަނީ ދީފައެވެ. އިންޑިއާގެ ”ނެއިބަރހުޑް ފަސްޓް“ ސިޔާސަތުގެ ދަށުން، ދިވެހިރާއްޖޭގެ ތަރައްޤީއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮންނާނެކަން އެ ފަރާތުން ނެރުނު ބަޔާނުގައި ތަކުރާރުކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: