ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ޝާމިލް ލޯގޯ“ ބޭނުންކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަމިއްލަ އުފެއްދުންތައް ރަމްޒުކޮށްދޭ ޚާއްޞަ ލޯގޯ ކަމަށްވާ ”ޝާމިލް ލޯގޯ“ ބޭނުންކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.

މި ލޯގޯއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް މާކެޓުކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި ލޯގޯގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި އުފެއްދުންތެރިކަން ރަމްޒުކޮށްދޭ ”ބްރޭންޑް އައިޑެންޓިޓީއެއް“ ޤާއިމްކުރުމެވެ. މީގެ އިތުރުން މިއީ އެފަރާތްތަކުން ހިންގާ ކުދި ވިޔަފާރިތަކަށް އެހީތެރިވެ، މުޖުތަމަޢުގައި ބާރުވެރިކުރުވުމަށް ބޭނުންކުރެވޭ ޤައުމީ ނިޝާނަކަށް ވެގެންދާނެއެވެ.

ލޯގޯ ބޭނުންކުރުމުގެ ޝަރުޠުތަކާއި މިންގަނޑުތައް

ޝާމިލް ލޯގޯ ބޭނުންކުރުމަށް އެދި ހުށަހަޅާ އުފެއްދުންތަކަކީ އަމިއްލަ އުފެއްދުމެއްކަމަށް ބަލާނެ ވަކި މިންގަނޑުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، އެ ތަކެތި އުފެއްދުމަށް ބޭނުންކުރާ ސާމާނުގެ މަދުވެގެން 30 އިންސައްތައަކީ ރާއްޖޭގައި އުފައްދާފައިވާ ނުވަތަ ރާއްޖެއިން ލިބެން ހުރި ތަކެތި ކަމުގައި ވާންޖެހެއެވެ.

ސަރުކާރުގެ އުންމީދަކީ މި ޚާއްޞަ ލޯގޯގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތަކަށް އާންމުންގެ މެދުގައި އޮންނަ މަޤުބޫލުކަން އިތުރުވެ، އެފަރާތްތަކުގެ ވިޔަފާރިތައް ކުރިއަރައިގެން ދިއުމެވެ. މިއީ ޝާމިލު އިޤްތިޞާދެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.

ހުށަހަޅާނެ ގޮތް

މި ލޯގޯއަށް އެދި ހުށަހަޅާ ފޯމު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ފޯމު ފުރިހަމަކުރުމަށްފަހު shamil@bcc.mv އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ބީސީސީގެ އޮފީހަށް ހާޒިރުވެ ހުށަހެޅޭނެއެވެ. ބީސީސީގެ ވެބްސައިޓުން އެލިޖިބިލިޓީ ގައިޑްލައިނާއި، ލޯގޯ ބޭނުންކުރާނެ ގޮތުގެ ގައިޑްލައިންވެސް ލިބެން ހުންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: