ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެން ނުދެއްކޭނޭ ކަމަށް ހީކޮށް ތިބި 500 މިލިއަން ޑޮޅަރުގެ ސުކޫކު ރައީސް މުއިިއްޒުގެ ސަރުކާރުން ދައްކައިފި

ރައީސް މުއިއްޒު އަދި މިނިސްޓަރު ޒަމީރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުގައި 2021 ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ވިއްކާފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ދައްކައި މިއަދު ޚަލާސްކޮށްފިއެވެ.

މި ފައިސާ ދެއްކުމުގައި ސަރުކާރުން ބޭނުންކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) އާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާއެވެ. ސުކޫކަށް ދައްކަންޖެހޭ އަސްލު އަދަދާއި އޭގެ ފައިދާގެ ގޮތުގައި ހިމެނޭ 24.68 މިލިއަން ޑޮލަރާއެކު ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު މިހާރު ވަނީ ދައްކައި ނިންމާފައެވެ.

މި ސުކޫކަކީ 2021 ވަނަ އަހަރު ރައީސް ސާލިޙްގެ ސަރުކާރުން، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ނަގާފައިވާ 250 މިލިއަން ޑޮލަރުގެ ”ސަނީ ސައިޑް“ ބޮންޑު އަދާކުރުމަށް ވިއްކާފައިވާ ސުކޫކެކެވެ.

އިގުތިސާދީ ގޮތުން ދަތި ދަނޑިވަޅެއްގައި ބޮޑު އަގުގައި މި ސުކޫކު ވިއްކާފައިވަނީ އަނބުރާ ދެއްކުމުގެ ހަރުދަނާ ސިޔާސަތެއް ނެތި ކަމަށްވީ ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ވަނީ މާލިއްޔާއަށް ބުރަ ނުވާނެ ގޮތަށް މީގެ ފައިސާ ދެއްކުމުގެ މަސައްކަތް ފަށާފައެވެ.

ސަރުކާރުން އެންމެ ފުރަތަމަ ތަންފީޒުކުރި ސިޔާސަތުތަކުގެ ތެރޭގައި އެސް.ޑީ.އެފް އަށް ބޭރު ފައިސާ ޖަމާކުރަން ފެށުން ހިމެނެއެވެ. އަދި 2024 ވަނަ އަހަރު އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ބޮޑުކޮށް، އެ ފައިސާ އެސް.ޑީ.އެފް އަށް ޖަމާކުރަން ފެށިއެވެ. މި ބަދަލު ގެނެސްފައިވަނީ ދިވެހި ފަސިންޖަރުންނަށް އޭގެ އަސަރު ނުކުރާނެ ގޮތަށެވެ.

ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތަކާއެކު، އެސް.ޑީ.އެފްގެ ބޭރު ފައިސާގެ ބެލެންސް ވަނީ ފުރަތަމަ ފަހަރަށް 350 މިލިއަން ޑޮލަރަށްވުރެ އިތުރުވެފައެވެ. މީގެ އިތުރުން ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ މިއަހަރުގެ މާރިޗު މަސް ނިމުނުއިރު 1.3 ބިލިއަން ޑޮލަރަށްވުރެ މައްޗަށް ގޮސްފައެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް ރަސްމީ ރިޒާވް މިހާ މަތީ މިންވަރަކަށް އުފުލުނު ފުރަތަމަ ފަހަރެވެ.

ސުކޫކު ދެއްކުމަށްފަހު ސަރުކާރުގެ މިހާރުގެ އަމާޒަކީ ރާއްޖެއަށް ބޭނުންވާ ތެލާއި އަސާސީ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމެވެ. އަދި މި މަހުގެ ނިޔަލަށް ދައްކަންޖެހޭ 100 މިލިއަން ޑޮލަރުގެ ބޮންޑު ރޯލްއޯވަރ ކުރުމަށް އަބޫދާބީ ފަންޑާއެކު ކުރެވުނު މަސައްކަތްތައްވެސް ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ. މީގެ ސަބަބުން ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ކުޑަވެ، އިގުތިސާދީ ހަމަޖެހުން ގާއިމުވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: