ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރިވަރުންނާއި، އޮފީސް މުވައްޒަފުންނަށް: ފިހާރަތަކުން ތި ގަންނަ ބައެއް ތަކެތި ކާން ހެޔޮ ވެސްނުވާނެ!

ބިދޭސީން ތައްޔާރުކޮށްފައި ހުންނަ ގިނަ ތަކެތި ގަންނަނީ އޮފީސް މުވައްސަފުންތަކާއި ދަރިވަރުންގެ އިންޓަވަލްއަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ސާފުތާހިރު ކަމުގެ އެއްވެސް މިންގަނޑެއް ނެތި، ބިދޭސީން ތައްޔާރު ކުރަމުން އަންނަ ކާބޯތަކެއްޗާއި އެ މީހުން ފިހާރަކަތަކަށް ސްކޫލު ދަރިވަރުންގެ އިންޓަވަލްގެ ގޮތުގައި ވިއްކަމުންދާ ތަކެތީގެ ސާފުތާހިރުކަމާއި ގުޅޭގޮތުން އިމިގްރޭޝަނުން އާއްމުންގެ ސަމާލުކަމަށް ގެނެސްފިއެވެ.

ގަވައިދާ ހިލާފަށް ރައްޖެއަށް އެތެރެވެގެން އުޅޭ ބިދޭސީން، ހޯދާ އެ މީހުން ގަވައިދަށް ފެއްތުމަށް ވެސް މަސައްކަތް ފެށިއެވެ. 10 – 12 މީހުން ކުޑަކުޑަ ކޮޓަރިއެއްގައި އުޅެމުން އަންނައިރު އޭގެއިން ގިނަ މީހުން އަންނަނީ މާލޭގެ ފިހާރަތަކަށް ހެނދުނާއި ހަވީރަށް ހެދިކާ ވިއްކަމުންނެވެ. ގިނަ ފަހަރަށް އެ ހެދިކާ، އަދި ސަބްމެރިން، ސޭންޑްވިޗް ފަދަ ތަކެތި ތައްޔާރު ކުރުމުގައި އެއްވެސް ސާފުތާހިރުކަމެއް ނުހުންނައިރު މި ތަކެތި ގިނައިން ގަންނަނީ ސްކޫލު ކުދިންގެ އިންޓަވަލްއަށާއި، އޮފީސްތަކުގައި މަސައްކަތް ކުރާ މީހުންނެވެ.

ދިރިއުޅޭ ކުޑަ ތަންތަންކޮޅުގައި، އުނދުނާއި، ކައްކަން ބޭނުން ކުރާ އެތައް ސާމާނެއް ފުންޏަކަށް ބަހައްޓައިގެން ކާބޯތަކެތި ފިހާރަތަކަށް ވިއްކާ މައްސަލަ އޮތީ ވަރަށް ބޮޑުވެފައެވެ. ގިނަ ފަހަރަަށް މިއީ، ފިހާރަތަކުން ވެސް ފައިދާ ނަގައިގެން ކުރާ ވިޔަފާރިއަކަށް ވާއިރު އެ ވެރިންތައް ވެސް ކާބޯތަކެތި ތައްޔާރުކޮށްފައިވާ ގޮތާއި ދޭތެރޭ އެއްވެސް ވަރަކަށް ނުވިސްނައެވެ.

https://twitter.com/ImmigrationMV/status/1220328881799888901?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1220328881799888901&ref_url=https%3A%2F%2Favas.mv%2F77002

ބިދޭސީން ތައްޔާރުކޮށްފައި ހުންނަ ގިނަ ތަކެތި ގަންނަނީ އޮފީސް މުވައްސަފުންތަކާއި، ދަރިވަރުންގެ އިންޓަވަލްއަށް

މިފަދަތަންތަނަކީ، ގިނަފަހަރަށް މުޑުދާރުވެ ދިރިއުޅެންވެސް އެކަށީގެންވާ ތަންތަނެއް ނޫނެވެ. ހެދިކާ ހަދާ، އެ ބިންމަތީ ބެހެއްޓުމާއި، ހެދިކާ ތައްޔާރުކުރާއިރު ޕްލާސްޓިކް އަންގިއެއް އެ މީހުން ބޭނުން ނުކުރެއެވެ. މިކަމުގެ ޝަކުވާ އެތައް ފަހަރެއްގެ މަތީން ކުރެވުނެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ސަމާލުކަމަށް މި މައްސަލަ އެތައް ފަހަރެއްގެ މަތީން ގެނައި ނަމަވެސް، އެ އިދާރާއިން މި މައްސަލައަށް މާ ބޮޑު އަޅާލުމެއް ދީފައި  ނުވެއެވެ.

ކޮންމެ ދުވަހަކު ހެނދުނު، ބިދޭސީންގެ ކެއުން ތައްޔާރުކޮށް ހެނދުނު ހެނދުނު ހެނދުނާ އެ މީހުންގެ ގެތަކަށް ޑެލިވަރީ ކުރާތަންވެސް ފެނެއެވެ. މައުލޫމާތު ލިބިފައިވާގޮތުން މިއީ ކޮންސްޓްރަކްޝަންގެ އެކި މައްސައްކަތްތަކަށް ބިދޭސީން ގެންނަ މީހުންގެ ކެއުން ހަމަޖައްސާފައި ހުންނަގޮތެވެ. އެތައް ބިދޭސީންގެ ކެއުން ކޮންމެ ދުވަހަކު މިހެން ޑެލިވަރީ ކުރާއިރު އޭގައި ހުންނަނީ މުގު ރިހަ އާއި، ބަތެވެ.

ފިހާރަތުގައި ވިއްކަން ހުންނަ ހެދިކާ ގަނެގެން ކެއުމަކީ އާއްމު ކަމެކެވެ. މިކަން ސަމާލުކަމަށް ގެނައުމަށް ވީޑިއޯއެއް އާއްމުކުރީ އިމިގްރޭޝަނުންނެވެ. އާއްމުކުރި ވީޑިއޯ އިން ފެންނަ ގޮތުގައި، ބިދޭސީން ކައްކަން ތިބި ތަންކޮޅު ހުރީ ވަރަށް މުޑުދާރުކޮށެވެ. އެމީހުން ދިޔައީ ތަފާތު ކާބޯތަކެތި ތައްޔާރުކުރަމުންނެވެ. އޭގެ ތެރޭގައި ހެދިކާ ހެދުމަށް ފުއްގަނޑު މޮޑެފައިވެއެވެ. އަދި ރޮށި ފިހެން ތައްޔާރުކޮށްފައި ހުއްޓެވެ. އަދި ސަބްމެރިން ސޭންޑްވިޗް ފަދަ ތަކެތި ހުއްޓެވެ. މީގެ ތެރެއިން ގިނަ ތަކެތި ބަހައްޓާފައި ހުރީ ބިންމަތީއެވެ. އިސްކޫލްތަކުގެ ދަރިވަރުން އާއްމުކޮށް އިންޓަވަލަށް ދޭން ފިހާރަތަކުން ގަންނަ ބައެއް ތަކެތި އެތަނުގައި ތައްޔާރުކުރި ތަން އިންސްޕެކްޝަންގައި އުޅުނު މުވައްޒަފުންނަށް ފެނުނު ކަން އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އަދި ސާފުތާހިރުކަމަށް އެއްވެސް ސަމާލުކަމެއް ނުދީ ތައްޔާރުކުރަމުން ދިޔަ އެ ތަކެއްޗަކީ ކުދިންނާއި އާއްމުން ކާން ވެސް ހެޔޮނުވާނެ މިންގަނޑެއްގައި ހުރި ތަކެތި ކަމަށް ވެސް އިމިގްރޭޝަނުން ހާމަކުރިއެވެ.

ބިދޭސީން ދިރިއުޅޭ ތަންތަން އިންސްޕެކްޓްކުރަނީ، ކާބޯތަކެތީގެ ސާފުތާހިރުކަން ދެނެގަތުމަށް ނޫން ކަމަށް ވިޔަސް އާއްމުންގެ ސިއްހަތާ ގުޅިފައިވާ ކަމެއް ފެނުމުން ވަގުތުން އެކަން ސަމާލުކަމަށް ގެނައީ ކަމަށް އިމިގްރޭޝަނުން ބުނެއެެވެ. އާއްމުން ހޭލުންތެރިކުރަން ވީޑިއޯ އާއްމުކުރުމުން ބައެއް މީހުން ވަނީ ޓުވިޓާގައި އެކަން ފާހަގަކޮށްފަ އެވެ. އިމިގްރޭޝަނުން ނިންމާފައި ވަނީ، ކާބޯތަކެތީގެ ސާފުތާހިރު ކަން ބެލުމުގެ ގާނޫނީ ޒިންމާ އޮންނަ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާ ގުޅިގެން އެކަން ހުއްޓުވަން ފިޔަވަޅު އެޅުމަށެވެ.

ބިދޭސީން ތައްޔާރުކޮށްފައި ހުންނަ ގިނަ ތަކެތި ގަންނަނީ އޮފީސް މުވައްސަފުންތަކާއި ދަރިވަރުންގެ އިންޓަވަލްއަށް

މިހާ ސާފުތާހިރުކަން ދަށްކޮށް ކާބޯތަކެތި ހަދަނީ ފިހާރަތަކުގައި އެކަންޏެއް ނޫނެވެ. ބިދޭސީންގެ އަތްމައްޗަށް ހުރިހާ ކަމެއް ދޫކޮށްލައިގެން ދިވެހިން ހިންގާ ބައެއް ކެފޭ، ހޮޓާ އަދި ރެސްޓޯރަންޓްތަކުގެ ހާލަތަކީ ވެސް މި އެވެ. ބައެއް ހޮޓާތަކުގެ ދޮރުމަތިން ހިނގާލާކަށް ވެސް ނުކެރެއެވެ. އެހާވެސް ނުތާހިރުވެފައި، ނުބައި ވަސް ދުވައެވެ. ކެއްކުމަށް ބޭނުންކުރާ ތެލަކީ ދަންނަ މީހެއް މެދުވެރިކޮށް ރިސޯޓުކުން ހޯދާ ތަކެއްޗެވެ. މި ތެލަކީ އެއްފަހަރު ނުވަތަ ދެ ފަހަރު ބޭނުންކޮށްފައި ހުންނަ ތެލަށްވާއިރު އެއް ތެޔޮގަނޑެއް އެތައް ދުވަހެއް ވަންދެން ހެދިކާ ތެލުލުމަށް ބިދޭސީން ބޭނުން ކުރެއެވެ. މީގެ އިތުރުން، ބައެއް ކެފޭތަކުން ގެތަކުން އެއް ފަހަރު ބޭނުންކޮށްފައި ހުންނަ ކާށި ހުނި ލާރި ދީފައި ގަނެގެން ގުޅައާއި، މަސްރޮށި ހެދުމަށް ބޭނުން ކުރެެއެވެ. މިއީ އެތައް ބަޔަކު ދަންނަ ހަގީގަތެކެވެ.

މާލޭގައި ބިދޭސީން ހިންގާ އެތައް ކެފޭއެއް ހުރިއިރު، މި ކެފޭތަކަށް ވަންނަ ދިވެހިން ވެސް މަދެއް ނޫނެވެ. މާލޭގައި ހިނގާ މިފަދަ ކެފޭތައް ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ބަންދުކޮށްފައި ވެސް ވެއެވެ. އެހެން ނަމަވެސް ވަކި މުއްދަތެއް ފަހުން އަނެއްކާވެސް އަލުން އެތަންތަން ހިންގުމަށް ހުއްދަ ދެއެވެ.

ކެފޭތަކަށް ބަލާއިރު، މި ކެފޭތަކަކީ ކުޑަތަންތަނެވެ. ރޭގަނޑު 12 ޖަހާފަހުން މީގެ ކެފޭއެއްގެ ކުރިމަތިން ދާއިރު މުޅިތަނަށް ފެންޖަހާ ކާ ތަށިތައް ނެރެގެން ތިބޭތަން ފެނެއެެވެ.

ހަގީގަތަށް ބުނާނަމަ، މިކަމުގެ ޒިންމާ ނަގަން ޖެހޭނީ ބިދޭސީންނެއް ނޫނެވެ. ގިނަ ފަަހަރަށް މިކަމުގެ ވިޔަފާރީގެ އަޑީގައި ތިބެނީ ދިވެހިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: