ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަސް: މީ ކޯއްޗެއް؟

ވެކްސިން އުފައްދާ މަރުކަޒެއް --- ފޮޓޯ ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަސްއަކީ އާންމު ގޮތެއްގައި ޖަނަވާރުންގެ ފުށުން ވާރުތަވާ، އެކި ކަހަލަ ބަލިޖައްސާ ވައިރަސްއެވެ. މި ވައިރަސްގެ ސަބަބުން ޖެހޭނީ ކޮން ބައްޔެއްކަން ނުވަތަ މައްސަލައެއްކަން ކަނޑައެޅިގެން ބުނާކަށް ނޭނގޭނެއެވެ. މިހާތަނަށް އިންސާނުންގެ ގައިން ހަތް ވައްތަރެއްގެ ކޮރޯނާ ވައިރަސް ފެނިފައި ވެއެވެ. އެންމެ ފަހުން، މި ވައިރަސް ފެނުނީ ޗައިނާއިންނެވެ. ޗައިނާއިން ފެނުނު މިވައްތަރުގެ އާ ވައިރަހުން ބޮޑަށް ބަލިޖައްސަނީ ނޭވާލާ ނިޒާމަށެވެ.

އިންސާނެއްގެ ގަޔަށް މި ވައިރަސް އަރައިފިނަމަ ނިއުމޯނިއާ ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުވެގެންދެއެވެ. އެއަށް ފަހު ނިއުމޯނިއާ ބައްޔަށް ފަރުވާ ކުރަން ނަގާ އެންޓިބަޔޮޓިކް ބޭސްތަކުން އެއްވެސް އަސަރެއް ނުކުރާނެއެވެ. ކުޑަކުދިންނާއި، ދިފާއީ ނިޒާމް ބަލިކަށިމީހުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ވައިރަސް ޖެހިއްޖެނަމަ ފުރާނަ އަށް ނުރައްކާވާކަހަލަ ހާލަތެއް މެދުވެރި ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ގައިން ގަޔަށް އަރާ، މި ވައިރަސް ފެތުރުމަށް އެންމެ މަގުބޫލް ގޮތްތަކަކީ، ހަތަރުކަޅި ހަމަކުރުމާއި، ސަލާމްކުރުމާއި ކެއްސުން އަދި ކިނބިހި އެޅުމެވެ. މި ބައްޔަކީ، ވަރަށް ފަސޭހައިން ފެތުރޭ ބައްޔެއް ކަމުން ސިއްހީ އެހީތެރިއެއްގެ އިރުޝާދާ އެއްގޮތަށް ފިޔަވައި ބަލިޖެހިފައިވާ މީހަކާ އެއްވެސް ހާލެއްގައި ގައިގޯޅި ނުވުން ބުއްދިވެރިއެވެ. އަދި ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑަކުޓަރަކަށް ދެއްކުން މުހިންމެވެ.

މި ބަލި ޖެހުމުން ފެންނާނީ ނިއުމޯނިއާ ޖެހުމުންވެސް ފެންނަ އަލާމާތްތަކެވެ. މީގެ ތެރޭގައި ކެއްސުން، ހުންއައުން، ރޯގާ ޖެހުން، ކަރުތެރެއަށް އުދަގޫވުން އަދި މޭގައި ރިއްސުން ހިމެނެއެވެ. ގައިންގަޔަށް އަރާ މި ވައިރަސް އަށް ހާއްސަ ވެކްސިނެއް ނުވަތަ ބޭހެއް އަދި ނެތެވެ. ނަމަވެސް، މި ބައްޔަށް ހާއްސަ ފަރުވާ އެއް ހޯދިފައި ނުވި ކަމުގައި ވިޔަސް ބަލި ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް ޓަކައި އެޅޭނެ ފިޔަވަޅުތައް އެބަ ހުއްޓެވެ. ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުމާއި، ބަލި މީހުންނަށް ޒިޔާރާތްކުރާއިރު ސަމާލުވުމަކީ ކުރެވިދާނެ ކަމެކެވެ. އަދި މީގެ އިތުރުން އަތް ނުދޮވެ ނޭފަތާއި، ލޮލާއި، އަނގައިގާ އަތްލުމުން ދުރުހެލިވެވިދާނެއެވެ.

މިހާތަނަށް މި ވައިރަސް ދިވެހިރާއްޖެ އިން ފެނިފައި ނުވިޔަސް ރާއްޖެއިން މި ވައިރަސް ފެނުމަކީ ދުރު ކަމެއް ނޫނެވެ. ބޭރު ގައުމުތަކުން އެތަށް ހާސް ފަތުރުވެރިންނެއް ޒިޔާރާތް ކުރާއިރު ރާއްޖެ އަށް މި ވައިރަސް އެތެރެވުމަކީވެސް ހަމަ ވެދާނެކަމެކެވެ.ގައިން ގަޔަށް ފަސޭހައިން އަރާ ވައިރަސް އަކަށްވާތީ މި ވައިރަސް އާ މެދު ސަމާލުވެ ރައްކާތެރިކަން ކަށަވަރުކުރުން ބުއްދިވެރިއެވެ. ރާއްޖޭގެ މައި ދޮރޯށި ކަމުގައިވާ ވެލާނާ އިންޓަަނޭޝަނަލް އެއާޕޯޓުން ދަނީ ރާއްޖެ އެތެރެވާ ފަތުރުވެރިން މޮނިޓާރކޮށް ސްކްރީންކުރަމުންނެވެ. ހުން އަންނާނެ ކަމަށް ރަޖާލުން މުހިއްމެވެ. ރައްކާތެރިވެ ތިބިއްޔާ ދަތުރެވެ. .

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: