ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންތަކަަކަށް ޖިންސީ ގުނަވަން ދެއްކި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި ދެކޮޅަށް ކުރިޔަށް ގެންދާ ހަރަކާތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެކި ދުވަސްތައް މަތީން ކުޑަކުދިންތަކަަކަށް ޖިންސީ ގުނަވަން ދެއްކި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި  ހައްޔަރުކޮށްފައިވަނީ 60 އަހަރުގެ ދިވެހި ފިިރިހެނެއް ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި އެ މީހާއަކީ ނައިފަރު މީހެކެވެ. ފުލުހުން ވަނީ، މައްސަލަ އިތުރުރަށް ތަހުގީގު ކުރަމުންދާކަން ފާހަގަކޮށްފައެވެ.

މިމަހުގެ 15 ވަނަ ދުވަހު އުމުރުން ދެ އަހަރުވެސް ނުވާ ކުއްޖަކަށް ޖިންސީ ގޯނާކޮށް އެ ކުއްޖާ ރޭޕް ކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެއަށްފަހު މިވީ ހަފްތާއެއް ހާ ދުވަހުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ އެތައް މައްސަލައެއްގެ އިތުރުން މީގެ ކުރިން ތަހުގީގު ނުކޮށް ދޫކޮށްފައި ހުރި އެތައް މައްސަލައެއްގެ ތަހުގީގު ވަނީ އަލުން ފަށާފައެވެ.

މި މައްސަލައިގައި ތުހުމަތުގައި ކުއްޖާގެ މުނި ކާފަ އާއި ކާފަ ހައްޔަރުކޮށްފައިވާއިރު އިހުމާލުގެ ތުހުމަތުކޮށް ކުއްޖާގެ ބައްޕަވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ. އަދި އެ ތިން މީހުންގެ ބަންދަށް ވެސް 15 ދުވަސް ވަނީ ޖަހާފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގެ ޝަރީއަތް، ބްލޮކް ޓްރައިލްސް ނިޒާމެއްގެ ތެރެއިން ބަލަން ފެށޭނެ ގޮތެއް ހަމަޖެއްސުމާއި އެފަދަ މައްސަލަތައް އަވަހަށް ގެންދިއުމަށް ކަންކަން ރޭވުމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ޖުޑީޝަލް ސާވިސް ކޮމީޝަން (ޖޭއެސްސީ) އިން ވަނީ އަންގާފައެވެ. އަދި ކްރިމިނަލް ކޯޓާއި، ހައިކޯޓުން ވަނީ ކުޑަކުދިންނާއި ގުޅޭ މައްސަލަތައް ވީހާވެސް އަވަސް މުއްދަތެއްގައި ނިންމުމަށް އަޒުމް ހިފާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާރ ކޮމިޓީއިން ވަނީ ކުޑަކުދިންގެ މައްސަލަތައް ތަޙްޤީޤުކޮށް އެކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ މަތިކުރެވިފައިވާ މުއައްސަސާތަކުގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓްތަކުގެ ޕަރފޯމަންސް އޮޑިޓެއް 30 ދުވަހުގެ ތެރޭގައި ހައްދަވާ މި ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރކޮމިޓީއާ ޙިއްސާކޮށް 2009 ވަނަ އަހަރު ޤާއިމްކުރެވުނު މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާބޭސް 30 ދުވަހުގެ ތެރޭގައި އަލުން ބޭނުން ކުރަން ފެއްޓުމަށް ވެސް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: