ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާވައިރަސް އަށް ޝައްކު ކުރެވޭ މީހަކު ފެނިއްޖެ ނަމަ ސިއްރެއް ނުކުރާނެ: މިނިސްޓަރު

ހެލްތް މިނިސްޓާރ އަމީން --- ފޮޓޯ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާގެ ވޫހާން ސިޓީން ފެނުނު ނުރައްކާތެރި ކޮރޯނާވައިރަސް އަށް ޝައްކު ކުރެވިގެން ރާއްޖޭގައި އެއްވެސް މީހަކު ޓެސްޓް ކޮށްފި ނަމަ އެކަން ވަގުތުން ވަގުތަށް އާންމު ކުރައްވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވިދާޅުވެއްޖެއެވެ.

“މީހަކަށް ޝައްކު ކުރެވިއްޖެ ކަމަށް ވާ ނަމަ ނުވަތަ ކޭސްއެއް ފެނިއްޖެ ކަމަށް ވާ ނަމަ، މިއިން ކޭސް އަކަށް ޓެސްޓް ކުރެވިއްޖެ ކަމަށް ވާ ނަމަ އަޅުގަނޑުމެން ވަގުތުން ވަގުތަށް އެ މައުލޫމާތު އާންމު ރައްޔިތުންނާ ހިއްސާ ކުރާނަން،” ހެލްތު މިނިސްޓްރީގައި ބޭއްވި ޕްރެސް ބްރީފިންގައި މިނިސްޓަރު އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖެ އިން ކޮރޯނާވައިރަސް އަށް ޝައްކު ކުރެވޭ މީހަކު އަދި އަލާމާތްތައް ހުރި މީހަކު ވެސް މިހާތަނަށް ފެނިފައި ނެތް ކަމަށެވެ. އަމީން ވިދާޅުވި ގޮތުގައި އެ ވައިރަސްގެ އަލާމާތްތައް ހުރި މީހަކު ދެނެގަތުމަށް ރާއްޖެ އިން ވެސް އަމަލު ކުރަނީ ޑަބްލިއުއެޗްއޯ އާއި އެހެން ގައުމުތަކުގައި ވެސް ކަނޑައަޅާފައިވާ އުސޫލެވެ.

“އަޅުގަނޑުމެން ވަރަށް ބޮޑަށް ސްކްރީނިން ކަންކަން ރަނގަޅު ކުރުމަށް މި ވިސްނަނީ. ޚާއްސަކޮށް އެއާޕޯޓުގައި ބެހެއްޓިފައި ހުރި ކެމެރާ އިން ދެނެގަންނާނެ މީހާގެ ބޮޑީ ޓެމްޕަރޭޗަރު. ބޮޑީ ޓެމްޕަރޭޗާ އަށް ބަލާފައި ފުރަތަމަ ކުރަންޖެހޭ ސުވާލުތައް އަދި ފުރަތަމަ އިންވެސްޓިގޭޝަންގެ ތެރެއިން އަޅުގަނޑުމެން އައިޑެންޓިފައި ކުރާނެ މި ބައްޔަށް ތުހުމަތު ކޮށްގެން ކުރަންޖެހޭ ސުވާލުތައް، ކުރަންޖެހޭ ޓެސްޓުތައް ކުރަން ޖެހޭތޯ،” އަމީން ވިދާޅުވި އެވެ.

އެކަމަކު ވައިރަސް ހުރިކަން ޔަގީން ކުރާނީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް، ރާއްޖެ އިން ބޭރު ލެބޯރެޓަރީތަކަށް ފޮނުވައިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

“މީހަކަށް ޝައްކު ކުރެވިއްޖެ ކަމަށް ވާ ނަމަ ނުވަތަ ކޭސްއެއް ފެނިއްޖެ ކަމަށް ވާ ނަމަ، މިއިން ކޭސް އަކަށް ޓެސްޓް ކުރެވިއްޖެ ކަމަށް ވާ ނަމަ އަޅުގަނޑުމެން ވަގުތުން ވަގުތަށް އެ މައުލޫމާތު އާންމު ރައްޔިތުންނާ ހިއްސާ ކުރާނަން،” އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވި ގޮތުގައި، ކޮރޯނާވައިރަސްގެ ހާލަތު ރާއްޖޭގައި އޮތީ އާންމުން ކަންބޮޑުވާންޖެހޭ ދަރަޖައިގައެއް ނޫނެވެ. އެކަމަކު، އެ ވައިރަސްގެ ނުރައްކާތެރިކަން ބޮޑުކަމުން މި ވަގުތު ރައްކާތެރިކަމުގެ ފިޔަވަޅުތައް އާންމުން އަޅަމުން ގެންދިއުމަށް އޭނާ އެދިވަޑައިގަތެވެ. އެގޮތުން، ޑޮކްޓަރުންނާއި ސިއްހީ އިދާރާތަކުން ދޭ ލަފައާ އެއްގޮތަށް އަމަލު ކުރަމުން ދިއުމާއި ރަނގަޅު މައުލޫމާތު ހޯދަމުން ދިއުމަށް މިނިސްޓަރު ގޮވާލެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: