ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު ރައީސް ނަޝީދަށް ދިނުމަށް މަސައްކަތް ކުރިން: ޣަފޫރު

ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމަށް މަސައްކަތް ކުރެއްވި ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ޣަފޫރު މިހެން ވިދާޅުވީ ކައުންސިލް އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދަށް ފުރުސަތު ނުދިން ކަމަށް ބުނެ އުފެދިފައިވާ ހޫނު ބަހުސާ ގުޅިގެންނެވެ.

ޣަފޫރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޭގެ ޖަލްސާގެ އެޖެންޑާ ކުރިން ރޭވިފައި އޮތީ ޕާޓީގެ ރައީސް އާއި ޕާޓީގެ ޗެއަރޕާސަން އާއި ސިޓީތަކުގެ މޭޔަރުންނާއި ޑަބްލިއުޑީސީގެ ރައީސުންނާއި ކެމްޕެއިން ކޮމިޓީގެ މެނޭޖަރާއި ރިފަރަންޑަމް ކޮމިޓީގެ ޗެއަރ ވާހަކަ ދައްކަވާ ގޮތަށް ކަމަށެވެ. ނަމަވެސް ޖަލްސާގެ ތެރެއިން ބައެއް ބަދަލުތައް ގެނައުމަށް މަސައްކަތް ކުރެވުނު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޣަފޫރު އިތުރަށް ވިދާޅުވީ ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަން ކުރީގެ ޗެއަރ ފައްޔާޒް އިސްމާއިލް އާއި ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވި ކަމަށެވެ.

 ”އެބޭފުޅުންނަށް އެ ފުރުސަތު ހަމަޖެއްސުމަށް މަސައްކަތް ކުރިން،“ ޣަފޫރު ވިދާޅުވިއެވެ.

އެހެންނަމަވެސް މަސްލަހަތު ގެއްލޭ ގޮތަށް ފަތުރާ ވާޙަކަތަކާއި ގުޅިގެން ހިތާމަ ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން ރޭ ބޭއްވި ޖަލްސާއަކީ ކައުންސިލް އިންތިޚާބުގައި ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާއެކެވެ. އެ ޖަލްސާގައި ޕާޓީގެ އިސް ލީޑަރުން ވާހަކަދެއްކުމަށް ހަމަޖެހިފައިވީ ނަމަވެސް، ކެމްޕެއިނުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ޕާޓީގެ ކުރީގެ ރައީސް، ރައީސް ނަޝީދަށް ވާހަކަދެއްކުމުގެ ފުރުސަތު ނުދޭތީ އެމަނިކުފާނު ޖަލްސާގައި ބައިވެރިވެވަޑައިނުގަންނަވައެވެ.

މި މައްސަލައިގައި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި އަދި އިސް މެމްބަރުންނާއި ދެމެދު ވަނީ ބަހުގެ ހަމަލާތަކެއް ކުރިއަށް ގޮސްފައެވެ. އަދި މިކަމުގެ ޒިންމާ އުފުއްލަވައި ޣަފޫރު ޗެއާޕާސަން ކަމުގެ މަގާމުން އިސްތިއުފާ ދިނުމަށްވެސް ޕާޓީގެ ބައެއް މެމްބަރުން ދަނީ ގޮވާލަމުންނެވެ.

ޣަފޫރު ވަނީ މި ކާމިޔާބީއާ އެކު، ޕާޓީ ބަދަހިކޮށް ބޭއްވުމަށް ހުރިހާ މެންބަރުން އެއްބާރުލުން ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެ، ޕާޓީގެ އެތެރޭގެ އެއްބައިވަންތަކަމަށް ބާރުއަޅުއްވާފައެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 20%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: