ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އުޅަނދު ރަޖިސްޓަރީ ކުރުމުގައި ލުއިތަކެއް

ޓެކްސީތަކުން މާލެ ތެރޭގެ ދަތުރުތައް އެއްވެސް ވަރަކަށް ނުނަގާކަމުގެ ޝަކުވާ ވަނީ ބޮޑުވެފައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އުޅަނދު ރަޖިސްޓަރީ ކުރުމުގައި ލުއިތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ދީފިއެވެ.

އެއްގަމު އުޅަނދު ދުއްވުމުގެ ގަވާއިދަށް ގެނެއި 8 ވަނަ އިސްލާހުގައި ވަނީ ވިޔަފާރީގެ އަމިއްލަ ބޭނުމަށް ބޭނުންކުރާ އުޅަނދުތައް ބަދަލުކުރުމުގެ އުސޫލަށް ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ.

އައު އިސްލާހުގައިވާ ގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަކުން އެ ވިޔަފާރީގެ އަމިއްލަ ބޭނުމަށް ބޭނުންކުރާ ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދެއްގެ ބަދަލުގައި، އެފަދަ އެހެން އުޅަނދެއް ރަޖިސްޓަރީ ކުރަން ބޭނުންވާ ހާލަތުގައި، ގަރާޖު ސިޓީ ހުށަހަޅަން ނުޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މި ލުއި ލިބޭނީ ކުރިން ބޭނުންކުރަމުންދިޔަ އުޅަނދު ނައްތާލުމަށްފަހު، އެ އުޅަނދު ރަޖިސްޓަރީ ކޮށްފައިވާ ޒޯނަށް އައު އުޅަނދު ރަޖިސްޓަރީ ކުރަން ބޭނުންވާ ހާލަތްތަކުގައެވެ.

މިގޮތަށް އުޅަނދު ރަޖިސްޓަރީ ކޮށްދެވޭނީ ތިން ޝަރުތެއް ފުރިހަމަވާނަމައެވެ. އޭގެ ތެރޭގައި އުޅަނދު ނައްތާލި ކަމުގެ ލިޔުމެއް ހުށަހެޅުމާއި، ނައްތާލެވޭ އުޅަނދަކީ ވިޔަފާރީގެ އަމިއްލަ ބޭނުމަށް ރަޖިސްޓަރީކޮށް، މިހާރުވެސް ބޭނުންކުރަމުންދާ އުޅަނދަކަށް ވާންޖެހެއެވެ. މީގެ އިތުރުން، ނައްތާލެވޭ އުޅަނދަކީ ފާއިތުވެދިޔަ 5 އަހަރު ދުވަހު ގަވާއިދުން އަހަރީ ފީ ދައްކާފައިވާ އުޅަނދަކަށް ވާންޖެހޭނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މި ބަދަލަކީ ވިޔަފާރިތަކަށް ބޭނުންވާ އުޅަނދުތައް އައުކުރުމުގައި ދިމާވާ އިދާރީ ދަތިތައް ހައްލުކުރުމަށް ގެނެވުނު މުހިންމު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: