ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި ދެކޮޅަށް ކުރިޔަށް ގެންދާ ސިލްސިލާ ހަރަކާތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އުތުރުގެ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފިއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އެތައް މައްސަލައެއް ވޭތުވެ ދިޔަ މަހެއްހާ ދުވަހުން ފެށިގެން މިދަނީ ފެންމަތިވަމުންނެވެ. ދެކުނުގެ ރަށެއްގައި ތުއްތު ކުއްޖަކަށް ޖިންސީގޯނާކޮށް އެ ކުއްޖާ ރޭޕްކުރި މައްސަލައިގައި ޒިންމާދާރު މަގާމެއްގައި ތިބި އެ ކުއްޖާގެ އާއިލާގެ ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި މަހުގެ 15 ގައި ފެންމަތިވީ އެ ހާދިސާއަށް ފަހު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، ރޭޕްކުރުމުގެ އެތައް މައްސަލައެއް ފުލުހުން ވަނީ ތަހުގީގު ކުރަން ފަށާފައެވެ.

މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ، ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓު ކުރި ނަމަވެސް ތަހުގީގީ އިދާރާތްތަކުގެ އެއްބާރުލުން ނުލިބުމެވެ. ނުވަތަ މައްސަލަ ތަހުގީގު ކުރިޔަސް، އެ މަރުހަލާ ދިގުލައިގެން ދިއުމާއި، ތުހުމަތުވާ މީހާގެ މައްޗަށް ކުށްސާބިތު ނުވުމެވެ.

އުތުރުގެ ރަށަކުން އަނެއްކާވެސް ހައްޔަރު ކުރި، އުމުރުން ދުވަސް ވީ މީހާގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 9 އެއްގައެވެ. އުމުރުން 60 އަހަރުގެ އެ ފިރިހެން މީހާ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ހައްޔަރުކޮށްފައިވަނީ މިއަދުއެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން ވަނީ، މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ބުނެފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ވީހާވެސް އަވަހަށް ތަހުގީގު ކުރުމަށް އާއްމުންދަނީ ގޮވާލަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއިން ވެސް މި މައްސަލައިގައި ކުށްލި ބައްދަލުވުމެއް ބާއްވާފައިވާއިރު މުވައްސަސާތަކާއި އެކި ޒިންމާތައް ހަވާލުކުރުމަށް ފާސްކޮށް އެކަން ވީހާވެސް އަވަހަށް ފުރިހަމަ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އަންގަވާފައެވެ. އޭގެ ތެރޭގައި ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންގެ ރިސްކު އެސެސްމެންޓު ހެދުމާއި، ކޯޓުތަކުގައި ނުބެލި ހުރި މައްސަލަތަކުގެ އަދަދު ހޯދުން ހިމެނެއެވެ.

ޝަރުއީ ކޯޓުތަކުންވެސް ވަނީ، ވަކި މުހުލަތެއް ކަނޑައަޅާ ކުޑަކުދިންނާއި ގުޅޭ މައްސަލަތައް ނިންމުމަށް އެ މުއްދަތުގައި ނިންމުމަށް އަޒުމު ކަނޑައަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: