ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗެއާޕާސަން ގަޕޯ މޮޔަވެއްޖެ: ޗެއާގެ ނައިބު އިބުރޭ

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޢަފޫރު މޫސާ މޮޔަވެއްޖެ ކަމަށް ވިދާޅުވެ، އެ ޕާޓީގެ ޗެއާޕާސަންގެ ނައިބުގެ މަގާމުން ވަކިކުރި އިބްރާހިމް ވަހީދު (އިބުރޭ) ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.

އިބުރޭ މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ތެރޭގައި ފެކްޝަން ކޯޅުން ބޮޑުވެ، މިއަދުގެ ވަގުތެއްގައި އޭނާ ކުއްލި ގޮތަކަށް މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ ސޮއިކުރައްވައި އިބްރާހިމް ވަހީދަށް ފޮނުއްވި ސިޓީގައި، އޭނާ މަގާމުން ވަކިކުރި ސީދާ ސަބަބެއް ބަޔާންކޮށްފައެއް ނުވެއެވެ.

ނަމަވެސް، އެ ސިޓީގައި ވިދާޅުވެފައިވަނީ ޗެއާޕާސަންގެ ނައިބު މަގާމުން ވަކިކުރުމުގައި ޕާޓީގެ ގައުމީ މަޖިލީހުގެ ރުހުން ހޯދަންޖެހޭނެ ކަމަށް އަސާސީ ގަވާއިދުގައި ބަޔާންކޮށްފައި ނުވާތީ، ގަވާއިދުގެ 70 ވަނަ މާއްދާއާ ހަވާލާދީ އޭނާ މަގާމުން ވަކިކުރެއްވީ ކަމަށެވެ.

އިބްރާހިމް ވަހީދުގެ އިތުރުން، އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް ވެސް މިއަދު ވަނީ މަގާމުން ވަކިކޮށްފައެވެ.

މައުރޫފް ވަކިކުރި ސިޓީގައި ވެސް އެކަމުގެ ސީދާ ސަބަބެއް ބަޔާންކޮށްފައެއް ނުވެއެވެ. މި ނިންމުންތަކަކީ ޕާޓީގެ އެތެރޭގެ މަސްލަހަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި ނިންމި ނިންމުންތަކެއްކަން ފާހަގަކުރެވެއެވެ.

މި ބަދަލުތައް އައިސްފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާއާ ގުޅިގެން ޕާޓީގެ ލީޑަރުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ވަގުތެއްގައެވެ.

ހާއްސަކޮށް، އެ ޖަލްސާގައި ވާހަކަދެއްކުމުގެ ފުރުސަތު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުދޭން ނިންމި ކަމަށް ބުނާ މައްސަލައިގައި ޕާޓީގެ ތެރޭގައި ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ.

ރޭގެ ޖަލްސާގެ އެޖެންޑާ ފައިނަލް ކުރި ގޮތާ ގުޅޭ ގޮތުން ހިތްހަމަނުޖެހިގެން ޗެއާޕާސަން ގަފޫރުގެ އިސްތިއުފާއަށް އެމްޑީޕީގެ ބައެއް މެންބަރުން ދަނީ ގޮވާލަމުންނެވެ. އަދި އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން އުޅޭކަމުގެ އަޑުތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: