ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އިންތިޚާބު ކުރިއަށް ދިޔައީ އަމާންކަމާއެކު: ޚާރިޖީ ވަޒީރު

ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އިންތިޚާބު އެއްވެސް މައްސަލައެއް ކުރިމަތިނުވެ އަމާންކަމާއެކު ކުރިއަށްދިޔަކަން ހާރިޖީ ވަޒީރު ޑރ އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ، މިއީ ދިމިޤްރާތީ ހިންގުމާއި ހަމަޖެހުން ޤާއިމްކުރުމަށް ސަރުކާރުން މެދުނުކެނޑި ކުރަމުންދާ މަސައްކަތުގެ ކާމިޔާބު ހެކިތަކެއް ކަމަށެވެ.

ފުރަތަމަ ފަހަރަށް ތިން ވޯޓެއް އެކުގައި ނެގުމަށް ބޭއްވި ރައްޔިތުންގެ ހިޔާކުހޯދުމުގެ ވޯޓާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޚާރިޖީ ވަޒީރު ވަނީ، ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުވެސް އެދުވަހު ކުރިއަށް ގެންދިޔަކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި އިންތިޚާބުގައި ގޮނޑިތައް ކާމިޔާބުކުރެއްވި ފަރާތްތަކަށް މަރުޙަބާ ވިދާޅުވަމުން ޚާރިޖީ ވަޒީރު ވިދާޅުވީ، މިފަހަރު ބޭއްވި އިންތިޚާބުގައި 73 ޕަސެންޓް މީހުން ވޯޓުލާން ނިކުމެފައިވާއިރު، މިއީ ކައުންސިލް އިންތިޚާބެއްގައި ނިސްބަތުން ވޯޓުލުމަށް އެންމެ ގިނަ މީހުން ނިކުތް ފަހަރު ކަމަށެވެ. މިކަމުން ދައްކުވައިދެނީ، ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު އޮތް މިންވަރު ކަމަށް ވަޒީރު ވިދާޅުވިއެވެ.

”މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބެއްލެވުމުގެ ދަށުން ހުރިހާ ރައްޔިތުން ޝާމިލްވާ ތަރައްޤީއެއް ގެނެސްދިނުމަށް ސަރުކާރުން އަބދުވެސް އިސްކަންދޭކަން ހާމަކޮށްދޭ ކަމެކެވެ“ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

އިންތިޚާބުގެ އިންތިޒާމުތަކާއި ރަނގަޅުކަން ފާހަގަކޮށް އިންތިޚާބު އޮބްޒާވްކުރަން އައި ބައިނަލްއަޤްވާމީ އޮބްޒާވަރުންވެސް ވަނީ ތަޢުރީފްކުރައްވާފައެވެ. އޮބްޒާވަރުންގެ ޓީމުން ވިދާޅުވީ، އެ ޓީމުގެ އެކި މެންބަރުން ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނާ ހަމައަށް އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވެފައިވާ ކަމަށާއި، އިންތިޚާބުގެ ކަންކަން ވޯޓުލާން ފެށި ވަގުތުން ފެށިގެން ވޯޓު ގުނުމާ ހަމައަށް ބަލާފައިވާއިރު، ޖުމްލަކޮށް ވޯޓުގެ ހުރިހާ ކަމެއްވެސް ކުރިއަށް ދިޔައީ ވަރަށް އަމާންކަމާއެކުގައި ކަމަށެވެ.

މި އިންތިޚާބުގެ ކަންކަން ބެލުމަށް އިލެކްޝަންސް ކޮމިޝަނުގެ ދައުވަތަކަށް 7 ޤައުމަކުން 14 އޮބްޒާވަރުން ވަނީ ރާއްޖެ އައިސްފައެވެ. އަދި ރާއްޖޭގައި ޤާއިމުވެފައިވާ އެކި ޤައުމުތަކުގެ އެމްބަސީތަކުގެ އޮބްޒާވަރުން ހިމެނޭހެން ޖުމްލަ 38 ބައިނަލްއަޤްވާމީ އޮބްޒާވަރުން ވަނީ މި އިންތިޚާބުގައި ހަރަކާތްތެރިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: