ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު ބިދޭސީއަކު މަރުވެއްޖެއެވެ. މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނެކެވެ.
ފުލުހުންގެ އިދާރާއަށް މި މީހާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ 2026 އޭޕްރީލް 8 ވަނަ ދުވަހުގެ ހެނދުނު 06:30 އެހައިކަންހާއިރުއެވެ. މި ރިޕޯޓާ ގުޅިގެން ވިލިމާލެ ޕޮލިސް އާއި މެރިން ޕޮލިސް ގުޅިގެން ވަނީ އެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ.
ފުލުހުން ކުރި މަސައްކަތުން އެ މީހާ ފެނިފައިވަނީ ހެނދުނު 06:55 އެހައިކަންހާއިރު މޫދު އަޑީގައި އޮއްވައެވެ. އެ މީހާ ފެނުމާއެކު ވަގުތުން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ނަމަވެސް، ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް އޭނާ ވަނީ ނިޔާވެފައެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލައި، މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

