ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޭހުގެ އައު ޝިޕްމަންޓެއް ރާއްޖެއަށް ގެނެސްފި

ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

އްޖެއަށް ބޭނުންވާ ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ރާއްޖެއަށް ގެނެސް، އާންމުންނަށް ވިއްކަން ފަށާފައިވާ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

އެސްޓީއޯއިން މައުލޫމާތު ދެއްވި ގޮތުގައި މި ޝިޕްމަންޓް ރާއްޖެއަށް ލިބިފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

މި ޝިޕްމަންޓާއެކު މޯލްޑިވްސް ގޭސް މެދުވެރިކޮށް މިހާރު 10 ކިލޯގެ ގޭސް ފުޅި އާންމުންނަށް ދަތިކަމެއް ނެތި ލިބޭނެ ކަމަށް އެ ކުންފުނިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެއެވެ.

އެސްޓީއޯއިން އިތުރަށް ބުނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖޭގައި ގޭހުގެ އަގު އުފުލުނަ ނުދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުން، މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިގްތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވަނީ މިކަމުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.

މިނިސްޓަރ ސައީދު ވިދާޅުވީ ގޭހުގެ އަގު މެނޭޖުކުރުމާ ގުޅޭގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. ބައިނަލްއަގުވާމީ ބާޒާރުގައި ގޭހުގެ އަގު ކަނޑައަޅަނީ މަހަކު އެއްފަހަރު ކަމަށާއި، މި މަހު ރާއްޖޭގައި ގޭހުގެ އަގު ކަނޑައެޅުމުގައި ބަލާފައިވަނީ ސައުދީގެ އަރަމްކޯ ކުންފުނީގެ އަގުތަކަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ސައުދީ އަރަމްކޯއިން މިހާރު ގޭސް ޓަނެއް ވިއްކަނީ ގާތްގަނޑަކަށް 775 އެމެރިކާ ޑޮލަރަށެވެ.

ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް ދަތިކަމެއް ނެތި ފޯރުކޮށްދިނުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ކަންތައް ކަމަށްވާއިރު، ބައިނަލްއަގުވާމީ ބާޒާރުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: