ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯއިން ކުރިއަށް ގެންދިޔަ ”ރަމަޞާން ބާޒާރު ލަކީޑްރޯ 2026“ ގެ ނަސީބުވެރި ފަރާތް ހޮވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

1447 ވަނަ އަހަރުގެ ރޯދަ މަހަށް ޚާއްޞަކޮށްގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކުރިއަށް ގެންދިޔަ ”ރަމަޞާން ބާޒާރު ލަކީޑްރޯ 2026“ ގެ ނަސީބުވެރި ފަރާތް މިއަދު ހޮވައިފިއެވެ. މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް އިޢުލާން ކޮށްފައިވަނީ މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި އަހަރުގެ ލަކީޑްރޯގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ ހުސައިން އަމްޖަދުއެވެ. އޭނާއަށް އިނާމެއްގެ ގޮތުގައި 100,000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ލިބިފައެވެ. އެސްޓީއޯއިން ބުނި ގޮތުގައި، ނަސީބުވެރި ފަރާތަށް ގުޅައި، އެ ފައިސާ ރައްދުކޮށްދިނުމުގެ އިންތިޒާމުތައް އެ ކުންފުނިން ކުރިއަށް ގެންދާނެއެވެ.

”ރަމަޞާން ބާޒާރު ލަކީޑްރޯ 2026“ އަކީ އެސްޓީއޯގެ ފަރާތުން 15 ޑިސެމްބަރު 2025 އިން ފެށިގެން 15 މާރޗް 2026 ގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ ވަރަށް ފުޅާ ޕްރޮމޯޝަނެކެވެ. މި މުއްދަތުގެ ތެރޭގައި އެސްޓީއޯގެ ފިހާރަތަކުން 500 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ވަނީ ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުޞަތު ކޫޕަނެއްގެ ޒަރީއާއިން ދީފައެވެ.

މި ޕްރޮމޯޝަންގެ ދަށުން އިތުރު ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ”ކްލީން ހައުސް“ ކެމްޕެއިނާއި ”ފަހި އުފާ“ ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަންތައް ހިމެނެއެވެ. މާލެއާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި އެސްޓީއޯގެ ރީޖަނަލް އައުޓްލެޓްތަކުގައިވެސް މި ޕްރޮމޯޝަން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެސްޓީއޯއިން ފާހަގަކުރި ގޮތުގައި، މިއީ މިހާތަނަށް އެ ކުންފުނިން ކުރިއަށް ގެންދިޔަ އެންމެ ބޮޑު ޕްރޮމޯޝަނެވެ. އަދި މި ޕްރޮމޯޝަނަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަންވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: