މާލެއިން ފުރައިގެން ގދ. އަތޮޅަށް ދަތުރުކުރަމުންދިޔަ “އުދަރެސް“ ނަމަކަށް ކިޔާ މުދާއުފުލާ ބޯޓު ފަރަށް އަރައި، އަޑިއަށް ދިޔަ ހާދިސާގައި، ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުންދިޔައީ އިސްމާއިލް އަފީފް ކިޔާ މީހެއް ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުންދިޔައީ އިސްމާއިލް އަފީފް ކިޔާ މީހެއް ކަމަށެވެ. އަދި އެއީ އުމުރުން ދުވަސްވީ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ މިހާރު ފެނިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
އެމީހާ ފެނުނުއިރު އޮތީ ފިލާގަނޑެއްގެ އެހީގައި ފެންމަތީގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ޖުމުލަ 13 މީހުންނާއެކު ދަތުރުކުރި މި ބޯޓު ލ. އަތޮޅު ސިކްސެންސް ލާމު ރިސޯޓް ކައިރީގައި އޮތް ފަރަކަށް އެރިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ރޭ ދަންވަރު 01:21 ހާއިރުއެވެ.
ފުލުހުން މަޢުލޫމާތު ދެއްވާ ގޮތުގައި، ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން އެކަކު (ބިދޭސީއެއް) ވަނީ ފަތާފައި ލ. އޮޅުވެއްޔަށް އަރާފައެވެ. އަދި ބޯޓުން ދަތުރުކުރި އިތުރު 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ނަގާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީންނެވެ. ސަލާމަތްކުރެވުނު ޖުމުލަ 12 މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

