ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ފުލް ފަންޑަޑް ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ސަރުކާރުގެ އެހީގައި ދޭ ”އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް“ (އައި.ސީ.ސީ.އާރު) ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު 2026/2027 ވަނަ ދިރާސީ އަހަރަށް ދިވެހި ދަރިވަރުންނަށް ހުޅުވާލައިފިއެވެ.

މި ސްކޮލަރޝިޕްތަކަކީ އިންޑިއާގެ އެކި ޔުނިވަރސިޓީތަކުން މަތީ ތަޢުލީމު ހާސިލްކުރުމަށް ދިވެހި ދަރިވަރުންނަށް ދެވޭ އަގުހުރި ފުރުސަތުތަކެކެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއިން ހާމަކޮށްފައިވާ ގޮތުގައި، މިއީ އަންޑަރގްރެޖުއޭޓް، ޕޯސްޓްގްރެޖުއޭޓް އަދި ޕީ.އެޗް.ޑީ ފެންވަރަށް ކިޔެވުމަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ. މި ސްކޮލަރޝިޕްގެ ދަށުން ތަފާތު އެކި ދާއިރާތަކުން މަތީ ތަޢުލީމު ހާސިލްކުރުމުގެ މަގު ދިވެހި ދަރިވަރުންނަށް ފަހިވެގެންދާނެއެވެ.

މި ސްކޮލަރޝިޕަކީ ހުރިހާ ޚަރަދެއް ހަމަޖެހިފައިވާ (ފުލް ފަންޑަޑް) ޕްރޮގްރާމެކެވެ. މީގެ ތެރޭގައި ކޯސް ފީ، މަހު އިނާޔަތް، ހުރުން، ދެކޮޅު ޓިކެޓް އަދި ހެލްތު އިންޝުއަރެންސް ހިމެނެއެވެ. މީގެ އިތުރުން، ޕޯސްޓްގްރެޖުއޭޓް އަދި ޕީ.އެޗް.ޑީ ދަރިވަރުންގެ ދިރާސާގެ ކަންކަމަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި ޕްރޮގްރާމަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ތަޢުލީމީ އަދި ސަގާފީ ގުޅުން ބަދަހިކުރުމުގެ ގޮތުންނާއި، ދިވެހި ދަރިވަރުންނަށް ބައިނަލްއަޤުވާމީ ފެންވަރުގެ ތަޢުލީމު ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ބައެކެވެ.

މި ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 15 އެޕްރީލް 2026 އެވެ. ޝައުގުވެރިވާ ދަރިވަރުން އައި.ސީ.ސީ.އާރުގެ ރަސްމީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ސުންގަޑީގެ ކުރިން ފޯމު ހުށަހެޅުމަށް މިނިސްޓްރީން އިލްތިމާސްކުރެއެވެ. ސުންގަޑި ހަމަވުމަށްފަހު ނުވަތަ ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މިއީ ދިވެހި ދަރިވަރުންނަށް ބައިނަލްއަޤުވާމީ ތަޖުރިބާއާއި ފެންވަރު ރަނގަޅު ތަޢުލީމު ހޯދުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެއް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: