ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިނާނުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ކޯޓަށް ހުށައެޅި މައްސަލައިގެ ގޮތެއް ނިންމުން އަންނަ ހަފްތާ!

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސިނާނު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވުން އަންނަ އާދިއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.

މި މައްސަލައަކީ ސިނާން ސާބިތު ދަރަނި ހުކުމާ އެއްގޮތަށް ދައްކާފައި ނުވާތީ، އޭނާގެ މެމްބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައެކެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ސިނާނާއި އިތުރު ބަޔަކު ގުޅިގެން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަކާ ގުޅިގެންނެވެ.

އެ ލޯނުގެ ތެރެއިން ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރިން އޮތީ ހުކުމްކޮށްފައެވެ. ގާނޫނުއަސާސީގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ހުކުމާ އެއްގޮތަށް ސާބިތު ދަރަނި ދައްކަމުން ނުދާނަމަ، އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެއެވެ.

ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ ބަހުސްތަކުގައި މައިގަނޑު ގޮތެއްގައި ސުވާލު އުފެދުނީ ސިނާން ދަރަނި ދައްކާފައިވަނީ ކޯޓު ހުކުމާ އެއްގޮތަށްތޯ ނޫންތޯއާ މެދުއެވެ. ސިނާނުގެ ވަކީލު ވިދާޅުވީ، ދަރަނި ދައްކަން ކޯޓުން ދިން ހަ މަސް ދުވަހުގެ މުއްދަތު ހަމަނުވަނީސް މުޅި ދަރަނި ދައްކައި ހަލާސްކޮށްފައިވާ ކަމަށެވެ. އަދި އެ ދަރަނި ދައްކާފައިވަނީ އެފަދަ ހުކުމެއް އޮތްކަން މެމްބަރަށް އެނގިވަޑައިގަތުމާ އެކު ކަމަށްވެސް ވަކީލު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސިނާނުގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ، ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އެ ހުކުމް ކުރީ ސިނާންގެ ވަކީލު ހާޒިރުނުވެވޭނެ ކަމަށް އަންގާފައިވަނިކޮށް ގައިރު ހާޒިރުގައި ކަމަށެވެ. އަދި ހުކުމެއް އޮތްކަން މެމްބަރަށް އެނގިވަޑައިގަތީ މާ ފަހުން، އެ ހުކުމް ތަންފީޒުކުރުމުގެ މައްސަލައެއް ކޯޓަށް ހުށަހަޅައި ރަޖިސްޓްރީ ކުރުމުން ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު އަލީ ރަޝީދު ހުސެއިންނާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު ހުސެއިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. އަންނަ އާދިއްތަ ދުވަހު ބާއްވާ ޝަރީއަތުގެ މަޖިލީހުގައި މި މައްސަލައިގައި ސުޕްރީމް ކޯޓުން ފައިނަލް ނިންމުމެއް ނިންމާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: