ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީލައިފް ޚިޔާނާތުގެ މައްސަލަ ސާބިތު ނުވުމުން ހައިކޯޓުގައި އިސްތިއުނާފް ކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ސީލައިފް ޚިޔާނާތުގެ މައްސަލައިގައި ދަޢުވާ ލިބޭ އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް އުފުލި ދަޢުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

މި މައްސަލައަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިންގ ޔުނިޓް އެޅުމަށް ހަވާލުކުރުމުން، އެ މަސައްކަތް ފުރިހަމަނުކޮށް ގިނަ ބައެއްގެ އަތުން މަކަރާއި ޙީލަތުން ފައިސާ ނަގައި އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. މި މައްސަލައިގައި ސީލައިފްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ކުށުގެ 42 ދަޢުވާއެއް އުފުލާފައިވަނީ 30 މޭ 2021 ގައެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ޙުކުމުގައި ބުނެފައިވަނީ އަޙްމަދު މޫސާގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް ސާބިތުނުވާ ކަމަށެވެ. މައްސަލަ ބެއްލެވި ފަނޑިޔާރު ނިންމަވާފައިވަނީ މިއީ މަދަނީ ޠަބީޢަތުގެ މައްސަލަތަކެއް ކަމަށާއި، މިކަމުގައި ފިޔަވަޅު އަޅަންޖެހޭނީ މަދަނީ ޢަދުލުގެ ނިޒާމުގެ ތެރެއިން ކަމަށެވެ.

ނަމަވެސް ޕީޖީ އޮފީހުން ބުނެފައިވަނީ، މި ދަޢުވާތަކަކީ ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާގައި ބަޔާންކުރާ ޚިޔާނާތްތެރިވުމުގެ ކުށުގެ ޢުންޞުރުތައް ފުރިހަމަވާ ދަޢުވާތަކެއް ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން މި މައްސަލަ ނިންމާފައިވަނީ ހުށަހެޅި ހެކިތަކަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތްކުރުމެއް ނެތި، ޤާނޫނުގައި ޚިޔާނާތުގެ ކުށް ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ނުބައި މާނަކުރުމެއް ދީގެން ކަމަށްވެސް އެ އޮފީހުން ފާހަގަކޮށްފައިވެއެވެ.

މި ސަބަބުތަކަށްޓަކައި، ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކުރުމަށް އެދި ހައިކޯޓަށް ހުށަހެޅުމުގެ މަސައްކަތް ޕީޖީ އޮފީހުން މިހާރު ދަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: