ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށްރަށުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ހިންގުން ސީދާ ވުޒާރާގެ ދަށަށް ބަދަލުކޮށްފި

ފޮޓޯ: ރައީސް އޮފިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިއްޙީ ދާއިރާގެ އިދާރީ ހިންގުމަށް ބަދަލުތަކެއް ގެނެސް، ބައެއް ރަށްރަށުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ހިންގުމުގެ ކަންކަން ސީދާ ސިއްޙީ ވުޒާރާގެ ދަށަށް ބަދަލުކޮށްފައިވާކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މި ބަދަލަކީ އަތޮޅުތަކުގެ ސިއްޙީ ނިޒާމު ހަރުދަނާކޮށް، އިދާރީ ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އެޅި ފިޔަވަޅެކެވެ.

އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއްމައްސަލައެއްކަމަށް ރަށްރަށުން ފާހަގަކުރަމުން އައިސްފައިވަނީ، ސިއްޙީ ވުޒާރާއާ އޮންނަ ގުޅުން ކުޑަވުމުގެ ސަބަބުން ބޭނުންވާ ކަންކަން ކުރުމުގައި ދަތިތަކެއް ކުރިމަތިވަމުންދިއުމެވެ. މިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން ސިއްޙީ ނިޒާމުގެ އިދާރީ ހިންގުމަށް ބައެއް ބަދަލުތައް ގެނެސްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ވަޒީރު ވިދާޅުވީ، ބައެއް ރަށްރަށުގެ ހެލްތު ފެސިލިޓީތައް ހަމައެކަނި ސިއްޙީ ވުޒާރާ މެދުވެރިނުކޮށް، ސީދާ ސަރުކާރުގެ މައި އޮފީހާ ގުޅިގެން މަސައްކަތްކުރެވޭ ނިޒާމެއް ޤާއިމުކުރެވިފައިވާ ކަމަށެވެ. ”ބައެއް ރަށްރަށުގެ ހެލްތު ފެސިލިޓީސްތައް ސީދާ، ހުސްއެކަނި ހެލްތު މިނިސްޓްރީއެއް ނޫން، ސީދާ މައި ސަރުކާރުގެ މައި އޮފީހާ ގުޅިގެން މަސައްކަތްކުރެވޭނެ ނިޒާމެއް ޤާއިމުކުރުން. އޭގެ މާނައަކީ އެތަންތަން އެމްޕަވަރ ކުރުން، އެތަންތަން ބާރުވެރި ކުރުވުން،“ ވަޒީރު ވިދާޅުވިއެވެ.

މިބަދަލާއެކު، ބަޖެޓު ހޯދުމާއި މުވައްޒަފުން ހޯދުމުގެ ހުރިހާ ކަމެއް ކުރިއަށްދާނީ ސީދާ ސިއްޙީ ވުޒާރާގެ ބެލުމުގެ ދަށުންނެވެ. ހަމައެހެންމެ، ކުޑަ އާބާދީތައް ދިރިއުޅޭ ރަށްރަށުގެ ސިއްޙީ މަރުކަޒުތަކުން، އަތޮޅުގެ އެހެން ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ރިކުއެސްޓްކުރުމުގެ ބަދަލުގައި، ކަންކަމަށް ސީދާ ވުޒާރާއަށް ހުށައެޅޭނެ ނިޒާމެއް ޤާއިމުވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިއީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެން، ރަނގަޅަށް ވިސްނައި ދިރާސާކޮށްގެން އަޅާފައިވާ ހަރުދަނާ ފިޔަވަޅެއް ކަމަށެވެ. މިބަދަލަށް ހޭނުވުމަށް ބޭނުންވާ ތަމްރީންތައް އަތޮޅުތަކުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނަށް ދިނުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށާއި، މީގެ ސަބަބުން ހެޔޮ ނަތީޖާތަކެއް ފެންނާނެ ކަމަށް ޔަޤީންކުރައްވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ސިއްޙީ ވުޒާރާގެ އުންމީދަކީ މި ބަދަލުގެ ސަބަބުން ރަށްރަށުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ލިބި، ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ރައްޔިތުންނަށް ލިބިދޭ ސިއްޙީ ޚިދުމަތް އިތުރަށް ހަރުދަނާވެގެން ދިއުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: