ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން އެކަށޭނަ ޚިދުމަތެއް ނުދެވުނުކަން އެމްޑީޕީން ޤަބޫލުކޮށްފި! – އާދަމް ޝަރީފް

އާދަމް ޝަރީފު އުމަރު - ފޯޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރަށް އެކަށޭނަ ޚިދުމަތެއް ނުދެވުނުކަން އެމްޑީޕީން ވެސް ޤަބޫލުކޮށްފި ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފު މިހެން ވިދާޅުވީ، އިއްޔެ އެމްޑީޕީން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީން ސަރުކާރަށް ނިސްބަތްވާ މޭޔަރުންނަށް ނާކާމިޔާބުވުމުން އެކަމަށް އިޝާރަތްކުރައްވައެވެ.

ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކަރަށް ނިސްބަތްވާ މޭޔަރުން ޕްރައިމަރީން ފެއިލްވުމުން އަންގައިދެނީ، ސަރުކާރުން އެކަށޭނަ ޚިދުމަތެއް ނުދެވުނުކަން އެމްޑީޕީ މެމްބަރުން ވެސް ޤަބޫލުކޮށްފިކަން ކަމަށެވެ.

https://twitter.com/Adamshareefz/status/1223449594543034369

އައު ދައުރަކަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ތިން ސިޓީގެ މޭޔަރުންވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވާފައެވެ. ނަމަވެސް ތިން ބޭފުޅުންނަށްވެެސް އިންތިހާބު ވަނީ ނާކާމިޔާބުވެފައެވެ.

މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓް ހޯއްދެވީ އަނަސް އަބްދުއްސައްތާރެވެ. އިންތިހާބުގައި މާލޭގެ މިހާރުގެ މޭޔަރު ޝިފާ ވަނީ ބަލިވެފައެވެ.

އައްޑޫގެ މޭޔަރު ކަމުގެ ޓިކެޓް ހޯއްދެވީ އެ ސިޓީގެ މިހާރުގެ މޭޔަރު އަބްދުﷲ ސޯދިގާ ވާދަ ކުރައްވާ ކުރީގެ މަޖިލީސް މެންބަރު އަލީ ނިޒާރެވެ.

ފުވައްމުލަކު ސިޓީގެ މޭޔަރު އަބްދުﷲ ފަލާހް ޝަރީފްވެސް ވަނީ ބަލިވެފައެވެ. އެ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓް ހޯއްދެވީ އިސްމާއިލް ރަފީގެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: