ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޠަނީ ޚިދުމަތުގެ ބިލު މަޖިލީހުން ބަލައިގަނެ، ދިރާސާ ކުރުމަށް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުވައިފި

ވަތަނީ ހިދުމަތް. ފޮޓޯ : މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ”ވަޠަނީ ޚިދުމަތުގެ ބިލު“ މަޖިލީހުން ބަލައިގަނެ، އެ ބިލު އިތުރަށް ދިރާސާ ކުރުމަށްޓަކައި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް މިއަދު ފޮނުވައިފިއެވެ.

ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ފަރުޙަތު މުޙައްމަދު ހުށަހެޅުއްވި މި ބިލުގެ މައިގަނޑު މަގުސަދަކީ ޤައުމަށާއި މުޖުތަމަޢަށް ފައިދާހުރި ޖީލެއް ބިނާކުރުމަށްޓަކައި ޒުވާނުންގެ ކިބައިގައި ޖިސްމާނީ، ފަންނީ އަދި ފިކުރީ ގާބިލުކަން އަށަގެންނެވުމެވެ.

މި ބިލުގެ ދަށުން ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމެއް ތަޢާރަފުކޮށް، އެކަމަށް ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުމަށް ވަނީ ހުށަހަޅާފައެވެ. މި ޕްރޮގްރާމުގައި އަސާސީ ތަޢުލީމާއި ތަމްރީން ކޯހެއްގެ އިތުރުން، ދައުލަތުގެ ޔުނިފޯމް އެޅި ޚިދުމަތްތަކުގެ ތެރެއިން ކަނޑައެޅޭ ވަކި ޚިދުމަތެއްގައި މަސައްކަތް ކުރުމުގެ ބައި ހިމެނެއެވެ. ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، މިއީ އިސްލާމްދީނަށާއި ޤައުމިއްޔަތަށް ލޯބިކުރާ، ދީނީ ޝިޢާރުތަކަށް އިހްތިރާމްކުރާ ފަޚުރުވެރި ޒުވާނުންތަކެއް ބިނާކުރުމަށް ހިންގޭ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އުމުރުން 16 އަހަރާއި 21 އަހަރާ ދެމެދުގެ ކޮންމެ ދިވެހި ޒުވާނަކަށް ލިބިގެންވެއެވެ. ނަމަވެސް، 18 އަހަރު ނުފުރޭ ކުދިން ބައިވެރިކުރެވޭނީ އެ ކުއްޖަކު އެކަމަށް ބޭނުންވެ، ބެލެނިވެރިޔާގެ ހުއްދަ ލިބިގެން ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. ޕްރޮގްރާމުގެ ބައިވެރިންގެ ހުރުމާއި، ކެއުމާއި، ބޭސްފަރުވާ އަދި ދަތުރުފަތުރުގެ ޚަރަދުތައް ދިފާޢީ ވުޒާރާއިން ހަމަޖައްސައިދޭން ޖެހޭނެ ކަމަށާއި، މީގެ އިތުރުން އެކަށީގެންވާ އިނާޔަތެއްވެސް ދޭންވާނެ ކަމަށް ބިލުގައިވެއެވެ.

ޕްރޮގްރާމުގެ ތަމްރީންތައް ނިންމާ ޒުވާނުން ޔުނިފޯމް އެޅި ޚިދުމަތެއްގައި މަސައްކަތް ކުރަންޖެހޭ މުއްދަތަކީ އެއް އަހަރަށްވުރެ ދިގުނުވާނެ މުއްދަތެކެވެ. މި މުއްދަތު ހަމަވުމުން އެ ޒުވާނުންނަށް ޔުނިފޯމް އެޅި ޚިދުމަތްތަކުން ދާއިމީ ވަޒީފާގެ ފުރުސަތު ފަހިކޮށްދެވޭނެއެވެ. މި ކަންކަން ބަލަހައްޓާނީ ޚާއްސަ ގަވަރނިން ކައުންސިލަކުންނެވެ. މި ކައުންސިލްގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ނައިބު ރައީސަކީ ދިފާޢީ ވަޒީރެވެ.

މި ކައުންސިލުގައި ދިފާޢީ ވަޒީރާއި، ދާޚިލީ ސިޔާސަތު ތަންފީޒުކުރާ ވަޒީރާއި، މާލީ ވަޒީރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް އަދި ކޮމިޝަނަރ އޮފް ޕޮލިސް ހިމެނޭނެއެވެ. މި ބިލަކީ ޒުވާނުން ބާރުވެރިކުރުވައި، ޤައުމީ ޚިދުމަތަށް އަހުލުވެރިކުރުވުމަށް ސަރުކާރުން އިސްކަންދޭ މުހިންމު މަޝްރޫޢެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: