ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫގެ 18 ވަނަ އުމްރާ ލިބުނު ފަރާތަކަށް އަމްސަދު ނަޖްމީ!

ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ މޯލްޑިވްސް އިން މިހާރު ކުރިއަށް ގެންދާ އަހަރީ ދުވަހުގެ ހާއްސަ ކެމްޕެއިންގެ 18 ވަނަ ނަސީބުވެރި ފަރާތަކަށް ސ. ހިތަދޫ، އަމްސަދު ނަޖުމީ ހޮވިފައިވާކަން އެ ކުންފުނިން އިއުލާންކޮށްފިއެވެ. މި ލަކީޑްރޯގެ ދަށުން އަމްސަދު ނަޖުމީއަށް ލިބިފައިވަނީ އުމްރާ ދަތުރެކެވެ.

އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ މި ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގެ އެންމެ ފަހު ނުވަތަ 20 ވަނަ އިނާމެއްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ ދެ މީހަކަށް ލިބޭ ހައްޖު ދަތުރެކެވެ.

ޕްރޮމޯޝަންގެ ތަފްސީލު

މި ހާއްސަ ޕްރޮމޯޝަންގެ ދަށުން ޖުމްލަ 19 ކަސްޓަމަރަކަށް އުމްރާ ދަތުރު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ 20 ދުވަހަކުން އެއް ނަސީބުވެރިއަކު ހޮވާއިރު، މިހާތަނަށް 18 ފަރާތަކަށް ވަނީ މި ފުރުސަތު ލިބިފައެވެ. މި ކެމްޕެއިންގެ ގްރޭންޑް ޕްރައިޒްގެ ގޮތުގައި ހިމެނޭ ހައްޖު ދަތުރަކީ މި ޕްރޮމޯޝަންގެ އެންމެ ފަހު އިނާމެވެ.

މި ލަކީޑްރޯގައި ބައިވެރިވުމަށް އުރީދޫގެ މިހާރުގެ ކަސްޓަމަރުން 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދައްކަންޖެހެއެވެ ނުވަތަ ރީޗާޖުކޮށް އެޑް-އޮން އެއް ބޭނުންކުރަން ޖެހެއެވެ. އަދި އަލަށް ގުޅޭ ކަސްޓަމަރުން 400 ރުފިޔާއަށް ވުރެ މަތިން ބިލް ދައްކައި، ރީޗާޖު ނުވަތަ އެޑް-އޮން ބޭނުންކުރުމުން މި ލަކީޑްރޯއަށް ޝަރުތު ހަމަވާނެއެވެ. މި ޕްރޮމޯޝަނުގައި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަރނެޓް ކަސްޓަމަރުންނަށްވެސް ބައިވެރިވެވޭނެއެވެ.

ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި އުރީދޫ އިން ވަނީ ރާއްޖޭގެ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އުރީދޫ އިން ބުނި ގޮތުގައި މި ކެމްޕޭނަކީ އެ ކުންފުނީގެ ކާމިޔާބީގެ މައިބަދަ ކަމުގައިވާ ކަސްޓަމަރުންނާއި، މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: