ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ބަންދުގައި ހުރި މީހަކު ގޮޅިތެރެއަށް ވެއްޓިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ އިރު ނިޔާވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ބަންދުގައި ހުރި މީހަކު، ބަންދު ގޮޅިތެރެއަށް ވެއްޓިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ މާލެ، މ. ރޭއަލިވާގެއާގެ، އުމުރުން 41 އަހަރުގެ އަޙްމަދު ނަވްޝާދު އެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ނަވްޝާދު ގޮޅިތެރެއަށް ވެއްޓިފައި އޮއްވާ ފެނިފައިވަނީ މިއަދު، 15 އޭޕްރީލް 2026 ވީ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އޭނާ ވެއްޓިފައި އޮއްވާ ފެނުމާއެކު ވަގުތުން އައިޖީއެމް ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިނިވަން މުއައްސަސާތަކަށް މައްސަލަ ހުށަހެޅުން

ބަންދުގައި ހުރި މީހަކު ނިޔާވުމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި، ކަމާބެހޭ މިނިވަން މުއައްސަސާތަކަށް މިހާރު މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މި ހާދިސާގެ މައުލޫމާތު ރަސްމީކޮށް ވަނީ ހިއްސާކޮށްފައެވެ.

ނަވްޝާދު ނިޔާވި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އޭނާ ނިޔާވި ސަބަބު ދެނެގަތުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތުދޭ އިރު، މި ހާދިސާއާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: