ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާގައި ބާއްވާ ސީ.އެސް.އޭ އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިވެރިންނަށް ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގގައި ބޭއްވުމަށް ހަމަޖެހިފައިވާ 10 ވަނަ ޗައިނާ ސައުތު-އޭޝިއާ (ސީ.އެސް.އޭ) އެކްސްޕޮޒިޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިވެރިންނަށާއި އުފެއްދުންތެރިންނަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން މިއަދު ހުޅުވާލައިފިއެވެ.

މި އަހަރުގެ ޖޫން މަހުގެ 11 އިން 16 އަށް ކުރިއަށްގެންދާ މި ބޮޑު އެކްސްޕޯގައި ބައިވެރިވުމުގެ ދައުވަތު ޗައިނާ ސަރުކާރުން ވަނީ ދިވެހި ސަރުކާރަށް އަރުވާފައެވެ. އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި، މިއީ ދިވެހި އުފެއްދުންތައް ބައިނަލްއަގްވާމީ މައިދާނުގައި ދައްކާލުމަށާއި، ބޭރުގެ މާކެޓްތަކަށް ދިވެހި އުފެއްދުންތައް ތައާރަފުކޮށް ވިއްކުމަށް ލިބޭނެ ވަރަށް ފަހި ފުރުސަތެކެވެ.

ސީ.އެސް.އޭ އެކްސްޕޯ އަކީ ޗައިނާގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގެ ވިޔަފާރިތަކުން ބައިވެރިވާ އަދި ގިނަ އަދަދެއްގެ އާންމުން ޒިޔާރަތްކުރާ ބޮޑު ހަރަކާތެކެވެ. މި އެކްސްޕޯގެ ތެރެއިން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށްޓަކައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި އާ އުފެއްދުންތައް ތައާރަފުކުރުމަށް ބާއްވާ ޕްރޮޑަކްޓް ލޯންޗް ސެރެމަނީތަކާއި، ޕްރޮކިއުމަންޓް މެޗްމޭކިންގ ބައްދަލުވުންތަކުގެ އިތުރުން ފުޑް ކާނިވަލް ފަދަ ތަފާތު ހަރަކާތްތައް ހިމެނެއެވެ.

މި އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 28 އޭޕްރިލް 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް އެޑްރެސް international@trade.gov.mv އަށް މައުލޫމާތު ފޮނުވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރާ ގޮތުގައި، މިއީ ރާއްޖޭގެ ވިޔަފާރިތަކުން އުފައްދާ ތަފާތު ތަކެތި ބައިނަލްއަޤްވާމީ މާކެޓުގައި އިޝްތިހާރުކޮށް، ވިޔަފާރި ފުޅާކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

އެކްސްޕޯގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޖާގަ ހަމަޖައްސައިދޭނީ، ދިވެހިރާއްޖެއަށް އެކްސްޕޯއިން ލިބޭ ބޫތުތަކުގެ އަދަދަށް ބަލައިގެން ކަމަށްވެސް މިނިސްޓްރީގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: