ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ މިހާރުގެ މެންބަރުންނާއި ކުރީގެ މެންބަރުންނަށް އިންޝުއަރެންސް ދޭނެ ބަޔަކު ހޯދަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެންބަރުންނާއި، މަޖިލީހުގެ މެންބަރުކަން ކުރިން ކުރައްވާފައިވާ ބޭފުޅުންނާއި، އަދި މެންބަރުންގެ ޑިޕެންޑެންޓުންނަށް ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ސަރުކާރުން އިއުލާން ކޮށްފިއެވެ.

މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭނެ މިންގަނޑުތައް ބީލަން ފޮތުގައި ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.

މި ޕްރޮޖެކްޓުގެ ބިޑު ހުށަހެޅުމުގެ ހުރިހާ ކަމެއް ކުރިއަށްދާނީ ފިނޭންސް މިނިސްޓްރީގެ ބީލަން ޕޯޓަލް މެދުވެރިކޮށެވެ. ބީލަންވެރިން އެ ޕޯޓަލްގައި ރަޖިސްޓަރީވެ، ބީލަމާ ގުޅޭ އެންމެހައި މަޢުލޫމާތުތައް ހޯދުމަކީ ބީލަންވެރިންގެ ޒިންމާއެއް ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

މި ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ބިޑް ސެކިޔުރިޓީގެ ގޮތުގައި 60,500 ރުފިޔާ ހުށަހަޅަން ޖެހެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 21 އޭޕްރީލު 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި އޮންލައިންކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: