ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޯށްދިނުމަކީ އެލްޖީއޭގެ ޒިންމާއެއް؛ އިދާރީ ދާއިރާތައް ހިންގުން ހުސްކަމަކަށް ނާދޭ: އެލްޖީއޭ

ޝެއާރކޮށްލާ ކަހަލަދޯ؟

އަތޮޅު ކައުންސިލުތަކުގެ ބަދަލުގައި އިދާރީ ދާއިރާތަކުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އޮފީސްތަކެއް ޤާއިމް ކުރުމުގެ އިޚްތިޔާރު ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވުމުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް، ޤާނޫނީ ހުރަހެއް ނުވަތަ ހުސްކަމެއް އަތުވެދާނެކަމަށް ނުދެކޭ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީން ބުނެފިއެވެ.

އަތޮޅު ކައުންސިލުތަކާއި އަދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އުވާލުމަށް ނިންމުމާ ގުޅިގެން އިދާރީ ދާއިރާތައް ހިންގުމަށް ޤާނޫނީ ހުސްކަމެއް އަންނާނެކަމަށް މީސް މީޑިއާގެ މަންސަތަކުގައި ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެން ވަނީ އެލްޖީއޭއިން ބަޔާޏެއް ނެރެފައެވެ.

އެލްޖީއޭއިން ބުނެފައިވަނީ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ބޭނުންވާ ރަށުކައުންސިލުތަކާއި ސިޓީ ކައުންސިލުތައް ރައީސް އުފައްދަވަންވާނެކަމަށް ވެސް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށްވެސް އެލްޖީއޭއިން ވަނީ ބުނެފައެވެ.

ރަށު ކައުންސިލުތަކާއި ސިޓީކައުންސިލުތަކުން ފޯރުކޮށް ދޭންޖެހޭނެކަމަށް ލާމަރުކަޒީ ގާނޫނުން ބަޔާންކޮށްފައި އެންމެހާ ޚިދުމަތްތައް ދިނުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަކީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މައްޗަށް ލާޒިމުކަމެއް ކަމަށް އެލްޖީއޭއިނ ްވަނީ ބުނެފައެވެ.

”ލާމަރުކަޒީ ގާނޫނަށް ގެނެވުނު 17 ވަނަ އިސްލާހުގައި އަތޮޅު ކައުންސިލުތައް އުވާލާ އަތޮޅު ކައުންސިލުތަކުން ފޯރުކޮށްދެމުންދިޔަ އެންމެހާ ޚިދުމަތްތަށް ފޯރުކޮށްދިނުމުގެ ޤާނޫނީ ޒިންމާ މަތިކޮށްފައިވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށެވެ. އަދި ދެންނެވުނު އަތޮޅު ކައުންސިލުގެ ނަމުގައި ހުރި އެންމެހާ މުދަލާއި ވަސީލާތްތަށް ބަދަލުވެގެން ދާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށެވެ. އަދި އަތޮޅު ކައުންސިލުތައް އުވާލާ އިދާރީ ދާއިރާތަކުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އޮފީސްތަކެއް ޤާއިމް ކުރުމުގެ އިޚްތިޔާރު ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 17 ވަނަ އިސްލާހުގައި ސާފުކޮށްބަޔާންކޮށްފައިވެއެވެ.“

އެލްޖީއޭއިން ބުނެފައިވަނީ އަތޮޅު ކައުންސިލުތައް އުވާލާ އަތޮޅު ކައުންސިލުތަކުން އަދާކުރަމުންދިޔަ ޤާނޫނީ މަސްޢޫލިއްޔަތު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ބަދަލުވާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވުމާއި އަދި އަތޮޅު ކައުންސިލުތަކުގެ ބަދަލުގައި އިދާރީ ދާއިރާތަކުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އޮފީސްތަކެއް ޤާއިމް ކުރުމުގެ އިޚްތިޔާރު ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވުމުން މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އުވާލުމަކުން ޤާނޫނުއަސާސީގައި އަދި ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް، ޤާނޫނީ ހުރަހެއް ނުވަތަ ހުސްކަމެއް އަތުވެދާނެކަމަށް އެ އޮތޯރިޓީން ނުދެކޭ ކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: