ދިރާގުޕޭ އެޕް މެދުވެރިކޮށް ވަކި އަދަދުތަކެއްގެ ރީލޯޑް ކޮށްގެން 6 އިންސައްތަ ކްރެޑިޓް އިތުރަށް ހޯދުމުގެ ފުރުސަތު ދިރާގުން މިއަދު ހުޅުވާލައިފިއެވެ. މިއީ ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އިތުރު ފައިދާއާއި ލުއިފަސޭހަކަން ފޯރުކޮށްދިނުމަށް ފެށި ހާއްސަ ހަރަކާތެކެވެ.
ބޯނަސް ކްރެޑިޓް ލިބޭނެ ގޮތްތައް
މި ޕްރޮމޯޝަނުގެ ދަށުން ދިރާގުޕޭ މެދުވެރިކޮށް ރީލޯޑް ކުރާ ކަސްޓަމަރުންނަށް ބޯނަސް ކްރެޑިޓް ލިބިގެންދާނީ ތިރީގައިވާ އުސޫލުންނެވެ:
- 100 ރުފިޔާގެ ރީލޯޑަކަށް: އިތުރު 6 ރުފިޔާ
- 200 ރުފިޔާގެ ރީލޯޑަކަށް: އިތުރު 12 ރުފިޔާ
- 500 ރުފިޔާގެ ރީލޯޑަކަށް: އިތުރު 30 ރުފިޔާ
މި ހާއްސަ އޮފަރ މެދުވެރިކޮށް ހިލޭ ކްރެޑިޓް ހޯދުމަށް، ދިރާގުޕޭ އެޕްގައިވާ ”ފީޗަރޑް“ ޓެބް މެދުވެރިކޮށް ”ދިރާގު ރީލޯޑް“ އިހްތިޔާރުކުރުމަށްފަހު، ޕްރިޕެއިޑް ފޯނު ނަންބަރު އަދި ރީލޯޑްކުރަން ބޭނުންވާ އަދަދު ޖަހައިގެން ކުރިއަށް ދިއުމުން އިތުރު ކްރެޑިޓް ލިބިގެންދާނެއެވެ. މި ފުރުސަތު 16 ޖޫން 2026 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.
ދިރާގުޕޭގެ އެހެނިހެން ހިދުމަތްތައް
ރީލޯޑް ހިދުމަތުގެ އިތުރުން ދިރާގުޕޭ އީ-ވޮލެޓްއިން ގިނަގުނަ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދެއެވެ. އޭގެ ތެރޭގައި ބިލް ސްޕްލިޓިންގ، ސަބް ވޮލެޓް، ޕިއަރ-ޓު-ޕިއަރ ޓްރާންސްފަރ، ފަވަރަ ޓްރާންސްފަރ އަދި ބިލަށް ފައިސާދެއްކުން ފަދަ ކަސްޓަމަރުންނަށް ބޭނުންތެރި ޑިޖިޓަލް ހިދުމަތްތައް ހިމެނެއެވެ.
މި ހާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންނަށް އިތުރު ފައިދާ ހޯދައިދިނުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. ދިރާގު ފިންޓެކްގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް މެދުނުކެނޑި ފޯރުކޮށްދިނުމެވެ.

