ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ވަޒީފާއިން މީގެ 12 އަހަރު ކުރިން ވަކިކުރި ޝިޔާމަށް އަލުން ވަޒީފާދޭން ހައި ކޯޓުން ހުކުމްކޮށްފި

ޝިޔާމް: އޭނާއަށް ފުލުހުންގެ ވަޒީފާ އަނބުރާ ދޭން ވަނީ ހުކުމްކޮށްފައި
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ 12 އަހަރު ކުރިން ފުލުހުންގެ ވަޒީފާއިން ވަކިކުރި އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމަށް އަލުން ވަޒީފާ ދިނުމަށާއި، ވަޒީފާއިން ވަކިކޮށްފައި ހުރި މުއްދަތުގެ މުސާރައާއި އިނާޔަތްތައް ދިނުމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ޝިޔާމް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ. އޭނާ ވަކިކުރީ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރެއްގެ ގޮތުގައި ހުރެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށް، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުމަކާ ގުޅިގެންނެވެ.

މި މައްސަލަ ޝިޔާމްގެ ފަރާތުން އެންމެ ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ނިންމާފައިވަނީ އޭނާއަށް އަލުން ވަޒީފާ ދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ނަމަވެސް ސިވިލް ކޯޓުގެ އެ ނިންމުން ޝިޔާމްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރިއެވެ.

ހައި ކޯޓުގެ ނިންމެވުން

ހައި ކޯޓުގައި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ބަޔާންކޮށްފައިވަނީ، ޝިޔާމް ވަކިކުރަން ނިންމީ އުސޫލުތަކުގެ ތެރެއިންތޯ ކަނޑައެޅުމުގައި އެކަށީގެންވާ ތަހުގީގެއް ކޮށްފައިވޭތޯ އާއި ތުހުމަތަށް ބާރުދޭނެ ހެއްކެއް އޮތްތޯ ބަލަން ޖެހޭނެ ކަމަށެވެ.

ނަމަވެސް، ޑިސިޕްލިނަރީ ބޯޑުން އެކަށީގެންވާ ތަހުގީގެއް ހިންގިކަން ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށާއި، ޝިޔާމަށް ކުރާ ތުހުމަތަށް ބާރުދެވޭނެ އެއްވެސް ހެއްކެއް ކޯޓަށް ހުށަހަޅާފައި ނުވާކަން ހުކުމުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ޝިޔާމް ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އޭނާ އަނބުރާ ވަޒީފާއަށް ނުކުތުމާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށާއި، ވަޒީފާ އިއާދަކޮށްދިނުމަށް ހައި ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ބެއްލެވި ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ (ރިޔާސަތު)، ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: