ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީއިން ހުޅުމާލޭގެ ”ރީތިގަސް ކޮމާޝަލް“ އިން ސެލޫނެއް ހިންގުމަށް ޔުނިޓެއް ކުއްޔަށް ދޫކުރަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ރީތިގަސް ކޮމާޝަލް ސަރަހައްދުން ސެލޫނެއް ހިންގުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފިއެވެ.

މި މަޝްރޫޢުގެ ދަށުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 1,463.14 އަކަފޫޓުގެ ބޮޑު ޔުނިޓެކެވެ.

މި ފުރުސަތަކީ ސެލޫންގެ ޚިދުމަތް ދިނުމަށް ޝައުގުވެރިވާ، މި ދާއިރާގައި މަސައްކަތްކުރާ ގާބިލު ފަރާތްތަކަށް އަމާޒުކޮށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުގައި، މިކަމަށް ކުރިމަތިލާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 19 އޭޕްރީލް 2026 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ޒޫމް މެދުވެރިކޮށެވެ. އަދި މިކަމާ ގުޅޭގޮތުން ސުވާލު ހުށަހެޅުމުގެ ފުރުސަތު 21 އޭޕްރީލް 2026 ގެ 14:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

ޕްރޮޕޯޒަލް ހުށަހެޅުމާއި މުހިންމު ތާރީޚުތައް

ޕްރޮޕޯޒަލް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 06 މޭ 2026 ވާ ބުދަ ދުވަހުގެ 13:00 އާއި 14:00 އާ ދެމެދު އެޗްޑީސީ އެގްޒިބިޝަން ސެންޓަރުގައެވެ. ޕްރޮޕޯޒަލް ކެނޑުން އޮންނާނީ ހަމަ އެ ދުވަހުގެ 14:00 ގައެވެ. އެޗްޑީސީން އިތުރަށް ބުނެފައިވަނީ ޕްރޮޕޯޒަލް ހުށަހަޅާއިރު ”ބިޑް ސެކިއުރިޓީ“ އެއް ހުށަހަޅަންޖެހޭނެ ކަމަށެވެ.

މި މަޝްރޫޢާ ގުޅޭ ”ރިކުއެސްޓް ފޯ ޕްރޮޕޯޒަލް“  ލިޔެކިޔުންތައް އެޗްޑީސީގެ ރަސްމީ ވެބްސައިޓް www.hdc.mv އަދި properties.hdc.mv އިން މިހާރު ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން އެޗްޑީސީގެ ސޭލްސް ޑިޕާޓްމަންޓުގެ ނަންބަރު 3353535 އަށް ގުޅުމަށް ނުވަތަ sales@hdc.mv އަށް އީމެއިލް ކުރުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: