ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށީގައި ރުކަކުން ވެއްޓުނު މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅުދުއްފުށި ސިޓީގައި ރުކަކުން މީހަކު ވެއްޓި، ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދޭން ފަށައިފިއެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ހދ. ނޭކުރެންދުއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނަކަށެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތަށް ބަލާއިރު، އެ މީހާއަށް މިހާރު ފަރުވާދެމުންދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައެވެ.

މިކަމާ ގުޅޭގޮތުން ކުޅުދުއްފުށީ ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރު އަޙްމަދު ޢަބްދުﷲ ވިދާޅުވީ، ރުކުން ވެއްޓުނު މީހާއަކީ އެ ހާދިސާ ހިނގުމުގެ ކުރިންވެސް އެ ރުކަށް އަރައި މަސައްކަތް ކުރަމުންދިޔަ މީހެއް ކަމަށެވެ. އަދި އޭނާ ވެއްޓުނީ މަސައްކަތުގެ ތެރެއިން ކުޑަ ބްރޭކެއް ނެގުމަށްފަހު، އަލުން ރުކަށް އަރަން އުޅުމުގެ ތެރޭގައި ކަމަށްވެސް ކައުންސިލަރު ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ކުޅުދުއްފުށީގައި ރުކަކުން މީހަކު ވެއްޓި އަނިޔާވެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރުފަހު 3:06 ހާއިރުއެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

މިފަދަ ހާދިސާތައް މަދުން ނަމަވެސް ހިނގަމުންދާއިރު، ރުކަށް އެރުމާއި އުސް ތަންތަނުގައި މަސައްކަތް ކުރުމުގައި ސަލާމަތީ ފިޔަވަޅުތަކަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: